އެކްޓަރު ސާގިބް ފިނޮޅު ރިސޯޓުގައި

Saqib.jpg

ބޮލީވުޑްގެ ފިލްމް ”ރޭސް 3“ އާއި ”މޭރޭ ޑޭޑް މަރޫޓީ“ އަދި ”ޑިޝޫމް“ ފަދަ ފިލްމުތަކުން ފެނިފައިވާ ސާގިބް 32އ. ފިނޮޅު ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެއެވެ.

ފިނޮޅު ރިސޯޓުގައި ހުރެގެން ސާގިބް ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އޭނާ ދަނީ ހިއްސާކޮށް ރާއްޖޭގެ ރީތިކަމަށް ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ.

ފިލްމީ ދާއިރާއަށް ސާގިބް ނުކުތީ ”މުޖްސޭ ފްރެންޑްޝިޕް ކަރޯގޭ“ (2011) އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލައިލާއިރު، އަންނަ އަހަރު ކުރީކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯންގެ ކްރިކެޓް ފިލްމު ”83“ ހިމެނެއެވެ.

ސާގިބްގެ އިތުރުންވެސް ރާއްޖޭގެ ރިސޯޓުތަކުގައި މިދުވަސްވަރު ބޮލީވުޑްގެ ގިނަ ތަރިންތަކެއް ޗުއްޓީ ހޭދަކުރަމުން ދާކަން ފާހަގަ ކުރެވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top