އޭދަފުއްޓަށް މެދުނުކެޑި ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެއްޖެ

DSCN7579.jpg

މިރޭ 7:30 އިން ފެށިގެން އަދިވެސް މެދު ނުކެނޑި ވާރޭވެހެމުން ދާތީ މަގުތަކުގައި ފެންބޮޑުވެ ހިނގާބިނގާވެ އުޅުމަށް ދަތިވެ ބައެއް ގޭގެއަށް ފެން ވަދެއްޖެއެވެ.

ފެން ވަދެފައިވާ ގޭގެއަށް އިތުރަށް ފެންވަނަ ނުދިނުމުގެ ގޮތުން އެހީވުމުގެ ގޮތުން އާއްމު ފަރާތްތަކުން ވަނީ އެފަދަ ގޭގެ ދޮރުމަތީގައި ވެލި ބަސްތާތައް ޖައްސާފަ އެވެ. އެހެންނަމަވެސް މި ވިއްސާރައިގެ ސަބަބުން އެއްވެސް ގެއަކަށް ނުވަތަ މީހެއްގެ މުދަލަށް ގެއްލުން ލިބިގެން އެކަން ރިޕޯޓުކޮށްފައެއް ނުވެއެވެ.

މޫސުން ގޯސްވެދާނެ ކަަމަށް ލަފާކޮށް ހދ އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށް ވަނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ބުނެފައި ވަނީ، މި ސަރަހައްދުތަކަށް މިރޭ ބޯކޮށް ވާރޭވެހުމާއެކު، ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top