އަތޮޅުގެއަށް ކުލި ނުދައްކާތިއްބެވި ކުރީގެ ކައުންސިލަރުންގެ މައްޗަށް ދައުވާކުރަނީ

image-0-02-05-bab8962b3f08ee15477176e93c98616e460905134ca039e029a2a92a2ae41729-V.jpg

ކައުންސިލަރުން ދިރިއުޅުއްވި ބ. އަތޮޅުގެ

ބ. އަތޮޅުގޭގައި ދިރިއުޅުއްވި މިދިޔަ ދައުރުގެ ކައުންސިލަރުންގެ ތެރެއިން މިހާތަނަށް ކުލި ނުދައްކަވާ ކައުންސިލަރުން އަތުން ފައިސާ ހޯދުމަށް ކޯޓަށްދާން ނިންމައިފިކަމަށް ބ. އަތޮޅު ކައުންސިލުންބުނެފިއެވެ.

އަތޮޅު ކައުންސިލުން ބުނީ ފައިސާ ހޯދުމަށް އެތައް ފަހަރަކު މެންބަރުންނަށް ލިޔުމުން ދެންނެވިފައިވާ ކަމަށާ، ޝަރުއީ މަރުހަލާއަށް ދާންޖެހުނީ އިތުރުގޮތެއް ނެތުމުން ކަމަށެވެ. ބ. އަތޮޅު ކައުންސިލްގެ އިންފޮމޭޝަން އޮފިސަރ ޣައްސާމް މުހައްމަދު އީވީއަށް ވިދާޅުވީ ކުރީ ދައުރުގެ ކައުންސިލަރުންގެ ތެރެއިން އަތޮޅުގެ ކުލި އެއްކޮށް ނުދައްކަވާ އޮތީ، ތުޅާދޫ ދާއިރާގެ މެންބަރަކަށް ހުންނެވި އިބްރާހީމް ޝަރީފާއި، ކެންދޫ ދާއިރާގެ ދެމެންބަރުން ކަމުގައިވާ ހަސަން ސިރާޖާއި، އަލީ ނާއިޒެވެ.

ޣައްސާމް ވިދާޅުވީ ކުރީގެ މެންބަރުންގެ އަތުން ފައިސާ ހޯދުމަށް ކޯޓަށް ހުށައެޅުމަށް ކައުންސިލުން ތައްޔާރުވަމުންދާކަމަށާ، ވަރަށް އަވަހަށް މައްސަލަ ކޯޓަށް ހުށައެޅޭނެކަމަށެވެ.

“އެބޭފުޅުންނަށް އެތައްފަހަރަކު ސިޓީ ފޮނުވައި ފައިސާ ދައްކާ ނިންމުމަށް ވަނީ އެންގިފައި. ނަމަވެސް ފައިސާ ނުދައްކަވާ ލަސްވަމުންދާތީ ކައުންސިލުން ނިންމީ ކޯޓް މެދުވެރިކޮށް ފައިސާ ހޯދަން” ޣައްސާމް ވިދާޅުވިއެވެ.

އަތޮޅު ކައުންސިލުން އީވީއަށް މިދިޔަ ޖެނުއަރީ މަހު ދިން މައުލޫމާތުން އެނގޭގޮތުގައި އަތޮޅު ކައުންސިލަރު ހަސަން ސިރާޖް، އެހާތަނަށް އަތޮޅުގެ ކުލި އެންމެ މަހަކުވެސް ނުދައްކަވައެވެ. އަދި މެންބަރު އިބްރާހީމް ޝަރީފް އާއި އަލީ ނާއިޒް އެހާތަނަށް ދައްކަވާފައިވަނީ 2700 ރުފިޔާ އެވެ.

އަތޮޅު ކައުންސިލްގެ ދެވަނަ ދައުރުގައި އަތޮޅުގޭގައި ތިއްބެވި ކައުންސިލަރުން ކުލީގެ ގޮތުގައި މަހެއްގެ މައްޗަށް ދެއްކުމަށް ހަމަޖައްސާފައި އޮތީ -/600 ރުފިޔާއެވެ. އެދައުރުގެ ހަތަރު ކައުންސިލަރަކު އަތޮޅުގޭގައި ދިރިއުޅުއްވިއެވެ. ނަމަވެސް ގަވާއިދުން ފައިސާ ދެއްކެވީ ހަމައެކަނި ކައުންސިލްގެ ރައީސް މުހައްމަދު އާދިލް އެކަންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top