ކުޑަރިކިލުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެނީ!

IMG_20210206_125013000.jpg

ކުޑަރިކިލުގެ މަގެއް

ބ.ކުޑަރިކިލުގައި ކޮވިޑްގެ ބޮޑު ކްލަސްޓާއެއް އުފެދި މި ވަގުތު އެކަނިވެސް ކޮވިޑްގެ ބަލި މީހުންގެ ގޮތުގައި 65 މީހުން އެބަތިބިކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ކުޑަރިކިލުން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިމަހު 14 ވަނަ ދުވަހު އެރަށު ކައިރީގައި އޮންނަ އަނަންތަރާ ކިހާވައް މޯލްޑިވްސްގައި ވަޒީފާ އަދާކުރާ މީހެކެވެ. އޭނާ ޕޮޒިޓިވް ވެފައިވަނީ އެރަށުގައި ދެވަނަ ފަހަރަށް ނެގި ސާމްޕަލުން ކަމަށާ އޭނާ އަކީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހެއްކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.

ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފުރަތަމަ ޕޮޒިޓިވްވީ އޭނާގެ އަންހެނުންނާއި ދެ ދަރިންނެވެ.

ކުޑަރިކިލުން އިއްޔެ އެކަނިވެސް 34 މީހަކު ޕޮޒިޓިވްވެފައި ވާއިރު ރަށް އޮތީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން މޮނީޓަރިންގައެވެ.

ކޮވިޑްގެ މިހާލަތުގައި ރަށް ބަންދުކޮށްފައިވާއިރު ސަލާމަތީ ގޮތުންނާއި ރައްކާތެރި ކަމުގެގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކަށް ރައްޔިތުން ސަމާލުވުމުގެ ގޮތުން މީހުން އެއްވެ އުޅުމާއި މާސްކް އަޅައިގެން ނޫނީ ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ.

ކުޑަރިކިލުގެ އިތުރުން މި އަތޮޅުން ތުޅާދޫއާއި ގޮއިދޫވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top