އޭދަފުށީ މަގުހެދުމުގެ މަޝްރޫއު ނިމެނީ!

3333.jpg

އޭދަފުށީގެ މަގުތަކުގައި ތާރު އަޅަން ފަށާފައި.

އޭދަފުށީގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް އެމްޓީސީސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަސައްކަތުގެ 96 އިންސައްތަ ނިމިއްޖެކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ހާމަކުރި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިޙާރު ކުރެވެމުންދަނީ ފެންހިންދާ ޕަމްޕް ސްޓޭޝަން ހަރުކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ވެސް 98 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ފެންހިންދާ ނިޒާމެއް ގާއިމު ކުރުމާއި، މަގުތަކުގައި ތާރު އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފެށި މި މަޝްރޫއުގެ އަގަކީ 34.42 މިލިއަން ރުފިޔާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top