ސްޓޫޑެންޓް ލޯނުތައް ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފި

photo_2021-06-08_16-43-58.jpg

: ފޮޓޯ / ރައީސް އޮފީސް

މަތީ ތައުލީމު ހާސިލް ކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނުތައް ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކަން އިއުލާން ކުރެއްވީ މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެމަނިކުފާނު ވިދާޅުވީ، ސްޓޫޑެންޓު ލޯނުތައް ދެއްކުން ފަސްކުރުމާ ގުޅޭ ގޮތުން މިއަދު ފިނޭންސް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި މި އަހަރުގެ ނިޔަލަށް ލޯނުތައް ދެއްކުން ފަސްކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ސްޓޫޑަންޓް ލޯނު ދެއްކުން ފަސްކޮށްދީފައިވާ އިރު، މިދިޔަ މެއި މަހުގެ ތެރޭގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސަރުކާރުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރުން އެހީތައް ދެމުންގެންދާނެ ކަމަށާއި ކުރީ އަހަރުތަކެކޭ އެއްގޮތަށް އެހީތައް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ސަރުކާރުން ވަނީ ބީއެމްއެލް މެދުވެރިކޮށް ސްޓިމިއުލަސް ޕެކޭޖުތަކެއް ތައާރަފުކުރަން ނިންމައިފަ އެވެ. އެ އެހީތައް މި މަހުގެ ތެރޭގައި ދޭން ފެށޭނެ ކަމަށާއި އެކަމަށް 375 މިލިއަން ރުފިޔާގެ ފެސިލިޓީއެއް ހަމަޖެހިގެންދާނެ ކަމަށްވެސް އޭރު ވިދާޅުވި އެވެ.

މަތީ ތައުލީމަށް ކިޔެވުމަށް ސަރުކާރުން ދޭ ސްޓޫޑަންޓު ލޯނު ނަގައިގެން ގިނަ އަދަދެއްގެ ކުދިން އަންނަނީ ގައުމުން ބޭރުގައި ތައުލީމު ހާސިލް ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top