ޔޫރޯ ބަލަން ކްލަބް ޖަމިއްޔާތަކަށް ޕްރޮޖެކްޓަރު ދެނީ!

b_kuc3ThrVUsUHhjj4FRsPOaBNE.jpg

ޔޫތު މިނިސްޓަރު،އަހުމަދު މަޚްލޫފް --ފޮޓޯ :ވަން އޮންލައިން

އަންނަ ހުކުރު ދުވަހުގެ ރޭ ފަށާ ޔޫރޯ ފުޓުބޯޅަ މެޗްތައް ބަލަން ކްލަބް ޖަމިއްޔާތަކަށް ޔޫތު މިނިސްޓްރީން ޕްރޮޖެކްޓަރު ދޫކުރަން ނިންމައިފިއެވެ.

އެ މިނިސްޓްރީން ބުނީ ޕްރޮޖެކްޓަރު ބޭނުންވާ ކްލަބު ޖަމްއިއްޔާ ޖަމާއަތްތަކުން އެ ޖަމްއިއްޔާގެ ރަސްމީ ލެޓާ ހެޑާއި ސްޓޭމްޕް ޖަހާފައިވާ ސިޓީއެއް މިނިސްޓްރީ އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ. މެއިލް ކުރުމުގެ ފަހު ވަގުތަކީ ބުރާސްފަތި ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިއެވެ. މެއިލް ކުރާނީ [email protected] އަށެވެ.

އެ މިނިސްޓްރީން ބުނީ، އެ ޕްރޮޖެކްޓަރުތަކަކީ ޔޫރޯ އާ ގުޅިގެން “ޗައިނާ އެއިޑް”ގެ ފަރާތުން ލިބިފައިވާ ޕްރޮޖެކްޓަރުތަކެއް ކަމަށެވެ.

މިނިސްޓްރީގެ ބޭފުޅަކުވިދާޅުވި ގޮތުގައި ، ކޮންމެ ޖަމިއްޔާއަކަށް ދޫކުރާނެ ޕްރޮޖެކްޓަރުގެ އަދަދު ކަނޑައަޅާނީ ސިޓީ ހުށަހަޅާ އަދަދަކަށް ބެލުމަށް ފަހު ކަމަށެވެ.

މިދިޔަ އަހަރު ބާއްވަން އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް މި އަހަރަށް ފަސް ކުރީ ކޮވިޑް-19 އާ ގުޅިގެންނެވެ. ޔޫރޯގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު ކުޅޭނީ ތުރުކީ އާއި އިޓަލީ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top