ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާ ދީފި

Screenshot-2023-05-16-at-13.18.20.png

މިޔަރުގެ ހަމަލާގައި ޒަހަމްވިތަނެއް ބަނދެފައި

ކަންނެލި މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފިއެވެ.

މިޔަރު ހަމަލާދީފައިވަނީ ގދ. ތިނަދޫ ކަޅިރަވަ ދޯނިން މަހަށްދިޔަ ބަންގާޅު ރައްޔިތަކަށެވެ. އެމީހާއަށް މިޔަރު ހަމަލާދީފައިވަނީ މަސް އައިނެއްގައި މަސްބާނަން އުޅުމުގެ ތެރޭގައި އޭނާ ކަނޑަށް ވެއްޓުނު ވަގުތުގައި ކަމަށާއި އޭނާއަށް ހަމަލާދިން މިޔަރުގައި އަށް ފޫޓްވަރު ހުންނާނެކަމަށް މައުލޫމާތު ލިބެއެވެ.

މިޔަރު ހަމަލާދިނުމުން އެ ބިދޭސީ މީހާއަށް އެކިވަރުގެ ޒަހަމުތައް ލިބިފައިވެއެވެ. އެގޮތުން ވީޑިއޯތަކުން ފެންނަގޮތުން އޭނާގެ އަތް ވަރަށް ބޮޑަށް ޒަޚަމު ވެފައިވާއިރު ފައިގެ އިނގިއްޔެއްވެސް ވަރަށް ބޮޑަށް ވަނީ ޒަޚަމް ވެފައެވެ.

މިހާދިސާގައި އަނިޔާވި މީހާއަށް މިހާރު ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ އަތާއި ފައިގެ ތިން ތަނަކަށް މިޔަރު ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްވެފައިވާކަމަށް ހޮސްޕިޓަލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top