ސޮނެވާފުށިން ކޮވިޑަށް ޕޮޒިޓިވްވި މީހާގެ ދެވަނަ ސާމްޕަލް ނެގެޓިވް .

002950-14-Jungle_Reserve.jpg

ސޮނޭވާފުށި

ބ.އަތޮޅުގައި އޮންނަ ސޮނެވާފުށި ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ ދެވަނަ ފަހަރަށް މިއަދު ހެދި ޓެސްޓުން ނެގެޓިވް ވެއްޖެއެވެ.

ސޮނޭވާފުށިން ރިސޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ރިޒޯޓުން ކޮވިޑް-19އަށް ޕޮޒިޓިވްވި ކަމަށް ފުރަތަމަ ނަތީޖާ ލިބުނު މީހާގެ ދެވަނަ ސާ،މްޕަލް ކޯވިޑް 19 އަށް ނެގެޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން ފުރަތަމަ ލިބުނު ނަތީޖާ އަކީ ފޯލްސް ޕޮޒިޓިވް ނަތީޖާއެއް ކަމަށް އެރިސޯޓުން ބުނެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެމުވައްޒަފު ކޯވިޑަށް ޕޮޒިޓިވްވި ކަމަށް ނަތީޖާ ދެއްކީ އެރިސޯޓުގެ ހުރިހާ މުވައްޒަފުން ކޯވިޑް-19އަށް ޓެސްޓް ކުރުމުގެ ތެރެއިން ކަމަށެވެ.

ރިސޯޓުން ހާމަކުރި ގޮތުގައި އެ މުވައްޒަފަކީ ފަތުރުވެރިންނާ އެކު މަސައްކަތްކުރާ އަދި ކޮންޓެކްޓްވާނޭ މުވައްޒަފެއް ނޫނެވެ. އަދި އޭނާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށާއި ފުރަތަމަ ނަތީޖާ ޕޮޒިޓިވްވުމާ އެކު އޭނާ އެކަހެރިކުރި ކަމަށް ވެސް ރިސޯޓުން ބުނެއެވެ.

މުވައްޒަފުގެ ފުރަތަމަ ނަތީޖާ ޕޮޒިޓިވްވުމާ ގުޅިގެން ރިސޯޓުން ވަނީ އެޗްޕީއޭއާ އެ މައުލޫމާތު ހިއްސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅައިފައެވެ.

އެރިސޯޓުގެ މުވައްޒަފުންގެ ޓެސްޓްތައް ހަދާފައި ވަނީ، މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގައި އެ ރިސޯޓުން ގާއިމްކޮށްފައިވާ ކޯވިޑް ޓެސްޓް ސެންޓަރުގައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްއެއް ފެނުނީވެސް ރިސޯޓަކުންނެވެ. އެއީ މާޗް 7 ވަނަ ދުވަހު ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ގިނަ ރިސޯޓުތައް ބަންދު ކުރި ނަމަވެސް ސޮނެވާފުށި ބަންދު ކޮށްފައެއް ނުވެ އެވެ. އަދި މިއަދު ރާއްޖޭގެ ވައިގެ ބަނދަރު ހުޅުވާލުމާއެކުވެސް އެރިސޯޓަށް ފަތުރުވެރިން އައި ކަމަށް އީވީއަށް މައުލޫމާތު ލިބިފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top