”ދުލާ ކަރުތަލިން“ ބަންގާޅު ލަވަކިއުންތެރިންނާ ހަމައަށް

bangladesh-poge3w32irbzip7rtu00ezp6v0j4sslaifq9x2nh4g.jpg

މަޝްހޫރު ދިވެހި ލަވަކިޔުންތެރިޔާ އިމާދު އިސްމާއީލް ކިޔާފައިވާ ރީތި ފަރިހި ”ދުލާކަރު ތަލިން “ރާއްޖޭގެ ކަނޑުއޮޅިތަކުން ނުކުމެ ބަންގާޅުގެ ލަވަކިޔުން ތެރިންނާ ހަމައަށް ހިނގައްޖެއެވެ.

ޔޫޓިއުބުގައި އާއްމުކޮށްފައިވާ މި ރީތި ފަރިހި ބަންގާޅު ލަވަކިޔުން ތެރިޔާ ސާއިމް ކިޔާފައިވަނީ އޭގެ އަސްލު ރާގުގައި ވަރަށް ރީތިކޮށް ކަމަށް ވިޔަސް ދިވެހި ބަސްތައް ބޭނުންކުރުމުގައި ކުޑަ ކޮރުކަމެއް ހުރިކަން ފާހަގަ ކުރެވެ އެވެ. މިވީޑިއޯއަށް މިހާރުވެސް 7150ވިއު ލިބިފައިވާއިރު ކޮމެންޓު ކުރި އެންމެން ވެސްވަނީ ފަރިހީގެ ރީތިކަމަށް ތައުރީފު ކޮށްފައެވެ.

”ދުލާ ކަރު ތަލިން ކުޅު މަގޭ ހިކި ދަނިއްޔޭ،  ތުރާ ހިތްމަ ކޮށްފާ އަދަން ނެތި ދަނިއްޔޭ“

މި ފަރިހި ހައްދަވާފައިވަނީ ކުޅުދުއްފުށީ ލަގޮނޑި މާލިމީ ކަމުގައި ގިނަ ފަރާތްތަކުން ބުނެ އެވެ. އަނެއް ބަޔަކު ބުނަނީ މީގެ އަސްލު ފަރިއްސަކީ ތަކަންދޫ ކަތީބު ކަލޭފާނުގެ އައިސާފުޅު ދައިތަ ހައްދަވާފައިވާ ފަރިއްސެއް ކަމުގައެވެ. ހަމައެހެންމެ މި ފަރިހީގެ އަސްލަކީ މަޝްހޫރު ލަވަކިޔުން ތެރިޔާ އިމާދު އިސްމާއީލްގެ ބައްޕަ (އުނޫޝާގެ ކާފަ) ކަމުގައި ވެސް ބުނެ އުޅެއެވެ.

ފަށުވި އިބާރާތްތަކަކުން އެމުނި ގަތާލެވިފައިވާ ފުރިހަމަ މި ފަރިހި ހެއްދެވި ޝާއިރަކާމެދު ހިޔާލު ތަފާތު ވިޔަސް ހަމަގައިމުވެސް މިއީ ދިވެހި ޅެންވެރިކަމުގެ އަދަބިއްޔާތުގެ ތެރެއިން އުފަންވެފައިވާ މޮޅު އުފެއްދުމެއްކަމުގައިނޫނީ ނުވާނެކަން ކަށަވަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top