ސޮނެވާފުށި ރިސޯޓުން ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ؟

3-Bedroom-Soneva-Fushi-Villa-Suite-with-Pool.jpg

ސޮނެވާފުށި.ރިސޯޓު--މި ރިސޯޓުގައި އޭދަފުށީގެ އިތުރުން ބ.އަތޮޅުގެ ގިނަ ޒުވާނުން ވަޒީފާ އަދާ ކުރަމުން ގެންދޭ. ފޮޓޯ/ޓީއެމްްޓީ މޯލްޑިވްސް.ކޮމް

ބ.އަތޮޅު ކުންފުނަދޫގައި ހިންގާ ސޮނެވާފުށި ރިސޯޓުގައި މަސައްކަތް ކުރާ ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓް ކޮށްފިއެވެ.

ދުވަހު ނޫސް ”މިހާރު”ގައި މި ޚަބަރު ގެނެސްދެމުން ބުނެފައިވަނީ ސޮނެވާފުށީގައި މަސައްކަތް ކުރާ އެ މީހާގެ ފުރަތަމަ ނަތީޖާ ޕޮޒިޓިވްވުމާ އެކު، ދެ ވަނަ ޓެސްޓެއް ހެދުމަށް މިހާރު ވަނީ ސާމްޕަލް ފޮނުވައިފަ އެވެ. އެކަމަކު މިހާރު އޮންނަ އުސޫލުން އެއްފަހަރު ޕޮޒިޓިވް ވިޔަސް ބަލަމުން ދަނީ އެއީ ޕޮޒިޓިވް ކޭހެއްގެ ގޮތުގަ އެވެ.

އެކަމަކު ސޮނެވޭފުށިން އަދި އެޗްޕީއޭ އިން ވެސް އަދި ވަކި އެއްޗެކޭ ބުނެފައި ނުވާއިރު މިކަމުގެ މައުލޫމާތު ބ.އަތޮޅު ހޮސްޕިޓަލަށް ވެސް އަދި ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވިއެވެ. ކޮވިޑް އާ ގުޅިގެން އެޗްޕީއޭއިން ބ.އަތޮޅުގެ ރަށްރަށަށް ފޯކަލް ޕޮއިންޓްގެ ގޮތުގައި ކަނޑައަޅާފައި ހުންނަވާ ބ.އަތޮޅު ހޮސްޕިޓަލުގެ ސީނިއަރ ހެލްތު އޮފިސަރ، ސިދްގީ އަބްދުﷲ އަށް ވެސް މައުލޫމާތު ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އީވީއަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވް ވި މީހަކީ ޓޫރިސްޓުންނަށް ސީދާ ހިދުމަތް ދޭ މީހެއް ނޫނެވެ.

ރާއްޖޭގެ ގިނަ ރިސޯޓްތައް ބަންދުކޮށްފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ސޮނެވާފުށިން ފައްސި ކޭހެއް މި ފެނުނީ ރާއްޖޭގެ ރިސޯޓަކުން ކޮވިޑް ކޭހެއް ނުފެންނަތާ ހަތަރު ވަރަކަށް މަސް ދުވަސް ފަހުންނެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top