ށ.ފުނަދޫ ފެމިލީ ސެންޓަރަށް މުވައްޒަފުން ނެގި ގޮތާމެދު ހިތްހަމަނުޖެހިގެން މުޒާހަރާކޮށްފި

fb-img-1608904331983.jpg

ފުނަދޫގައި މުޒާހާރާގެ ބައިވެރިނބޯޑުތަކެއް ހިފައިގެން ޝުއޫރު ފާޅުކުރަނީ...ފޮޓޯ :ވަގުތު

ށ.ފުނަދޫގައި ޖެންޑާ މިނިސްޓްރީ އިން ހިންގާ ފެމެލީ އެންޑް ޗިލްރަންސް ސާވިސް ސެންޓަރަށް މުވައްޒަފުން ނެގުމުގައި ކޮރަޕްޝަންއަށް މަގުފަހިވާ ކަމަށާ ވަކި ބަޔަކަށް މަންފާ ހޯދަން މަސައްކަތް ކުރާތީ ކަމަށްބުނެ ، އެކަމާދެކޮޅަށް އެރަށު ބަޔަކު ނުކުމެ މިއަދު މުޒާހަރާ ކޮށްފިއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެރަށުގައި މުޒާހަރާކޮށްފައި ވަނީ ޖެންޑާ މިނިސްޓްރީގެ ވަޒީފާތަކަށް މީހުން ހޮވުމަށް ޝޯޓް ލިސްޓް ކުރާގޮތާއި މެދު ހިތްހަމަ ނުޖެހިގެންނެވެ.

މުޒާހަރާކޮށްފައި ވަނީ އެ މީހުންގެ ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ތިބެ އެވެ.

އެ މުޒާހަރާގައި ބައިވެރިވި މީހަކު ބުނީ، އޭނާއަކީ އެތަނުގައި މަސައްކަތު މީހަކަށް ކުރިމަތިލި މީހެއް ކަމަށާއި، ނަމަވެސް އިއްޔެ އޭނާއަށް ގުޅާފައި ނުހޮވޭ ކަމަށް ބުނި ކަމުގައެވެ.

“އިންޓަވިއު ކުރަން އެއް ދުވަހަށް ވީމަ އަޅުގަނޑުމެންނަށް ގުޅާފައި މި ބުނަނީ ވަޒީފާއަކަށް ނޮހޮވެއޭ، އެ ކީއްވެގެން ކަމެއް ކޮބައިތޯ މައްސަލައަކީ އެއްވެސް އެއްޗެއް ނުބުނޭ”.

އޭނާ ބުނީ، އެގޮތަށް 20 ވަރަކަށް މީހުންނާމެދު ކަންތައް ކުރިކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

މީގެ އިތުރުން ވަޒީފާތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ވަކި ބަޔަކު ޑިސްކޮލިފައި ކޮށްފައި ކުރުމާ ވަކި ބަޔަކަށް ގުޅާފައި ނުވެހޭ ކަމަށް ބުނެފައިވާއިރު، އިންޓަވިއުއަށް ކިޔާފައި ވަނީވެސް ވަކި ބަޔަކަށެވެ.

މިއަދު މުޒާހަރާ ކުރި މީހުން ލިޔެފައިވާ ޕޯސްޓްތަކަށް ބަލާއިރު، ވަޒީފާތަކަށް މީހުން ނެގުމުގައި އިންސާފު ގާއިމް ކޮށްދިނުމަށާއި ޝަރުތު ހަމަވާ މީހުން ޝޯޓްލިސްޓް ނުވީ ކީއްވެގެންތޯ ސުވާލު ކޮށްފައި ވެއެވެ. އަދި ވަޒީފާ ދިނުމުގައި އަމަލު ކުރަންވާނީ ސިވިލް ސާވިސްގެ އެންމެހާ އުސޫލުތަކާއި އެއްގޮތަށް ކަމަށް ލިޔެފައި ވެއެވެ.

ށ. ފުނަދޫގައި ހުންނަ ފެމިލީ ސެންޓަރަށް ބޭނުންވާ މުވައްޒަފުން ނެގުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލު ކުރަމުން ދާކަމަށް ބުނެ މުޒާހަރާ ކުރަމުން ދާއިރު ޖެންޑާ މިނިސްޓްރީއިން އޭދަފުށީގައި ހިންގާ ”އަމާންވެށި” އަށް ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމުގައި ވެސް އަމަލު ކޮށްފައިވަނީ ވަކިބައެއްގެ މަސްލަހަތު ހިމާޔަތްކޮށް ވަކި ބަޔަކަށް މަންފާއާއި ފައިދާ ވާގޮތަށް ކަމަށް ބުނެ ގިނަބަޔަކު އަންނަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top