ކެންޑިޑޭޓުންގެ ބަސް:- އަހްމަދު ނާސިރު

17361757_355994488129387_5929465801360282081_n.jpg

އަހްމަދު ނާސިރު ،ސިއްދަތުރަ ބ.އޭދަފުށި

ކެންޑިޑޭޓްގެ ކުުރުތައާރަފެއް :
އަހްމަދު ނާސިރު (ބޮޑޭ އަހަންމަދު) ސިއްދަތުރަ ބ.އޭދަފުށި އަކީ އިޖްތިމާއީ ބޭފުޅެކެވެ. ބޮޑަށް ފާހަގަކުރެވޭނީ އޭދަފުށީގައި ކުރެވޭ އިޖްތިމާއީ މަސައްކަތްތަކުގެ ތެރެއިން އެންމެ އިސްސަފުންނެވެ. އޭދަފުށީގައި ގަސްއިންދައި ރަށް ފެހިކުރުމަށް ފަރުދީގޮތުން އަގުނުކުރެވޭ ފެންވަރުގެ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައިިވެެސް މެެއެވެ. އަހްމަދު ނާސިރު އޭދަފުށީގެ ފުޓްބޯޅައަށް ކޮށްދެއްވި ޚިދްމަތްތަކަކީވެސް ބަލައި ދިރާސާކޮށްލަން ރަނގަޅު ދާއިރާއެކެވެ.

އޭދަފުށީ ކައުންސިލަށް ކުރިމަތިލެއްވީ ކީއްވެގެންތޯ؟
އެގިވަޑައިގަންނަވާނެ އަޅުގަނޑަކީ ރައްޔިތުންގެ ޚިދުމަތުގައި ތިރީހަކަށް އަހަރު ވޭތުކޮށްފައިވާ މީހެއް. ކައުންސިލަށް ކުރިމަތިލާން ގަސްދު ކުރީ ކުރިއަށް އޮތް ތަނުގައިވެސް އަދިވެސް ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގެ ނިޔަތުގައި.

ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލެއްވިނަމަ، ސަބަބު ބަޔާންކޮށްދެއްވުން އެދެން؟ އަމިއްލަ ގޮތުންނަމަ، އަމިއްލަގޮތުން ކުރިމަތިލެއްވި ސަބަބު ބަޔާންކޮށްދެއްވުން އެދެން.
އަޅުގަނޑަކީ އެމްޑީޕީގެ ފަރާތުން ކުރިމަތި ލާފައިވާ ކެންޑިޑޭޓެއް. އެނގިވަޑައިގަންނަވާނެ. މިހާރު ރާއްޖޭގައި އޮތީ މަލްޓިޕާޓީގެ ވެރިކަމެއް. ޕާޓީގެ ޓިކެޓުގައި އައުމަކީ އިންތިހާބު ކާމިޔާބު ކުރުމަށް މަގުފަހިވާ ކަމެއްކަމަށް ވާތީވެ ޕާޓީ ލައިނުން ކުރިމަތިލީ.

ދާއިރާގައި ހުރި މައްސަލަތަކުގެ ތެރެއިން އެންމެ އަވަހަށް ހައްލުގެނައުމަށް އިސްކަންދެއްވާނެ 3 ކަމެއް ބަޔާންކޮށްދެއްވާ؟
ބައިވަރުމައްސަލަތައް އެބަހުރި. ނަމަވެސް އަޅުގަނޑު ފާހަގަކޮށްފަ އޮންްނާނެ 4 ކަމެއް . އޭގެތެރެއިން ފުރަތަމަ ކަމަކީ ބަނދަރު ޕޯސްޓެއް. ދެވަނަ ކަމަކީ ގަބުރުސްތާނު ތަރުތީބުކުރުން. ތިންވަނަކަމަކީ އޭދަފުށީގެ ފުޓްބޯޅައަށް އާ ދިރުމެއް.
މިކަންކަމަކީ ކައުންސިލްށް ހޮވިއްޖެނަމަ ކައުންސިލުގެ ތެރެއިން ފާސްވެގެން ނޫނީ ކުރެވެންހުރި ކަންތަކެއް ނޫން. ކަމަކީ ބޮޑުކަމެއް. ނަމަވެސް ފަސޭހަ ކަމެއް އެއީ ކައުންސިލުން އެއްބާރުލުން ދީގެން އެކަން ކަން ކުރެވިއްޖެނަމަ.

ކައުންސިލަށް ހޮވިއްޖެނަމަ، ރައްޔިތުންނަށް ދޭން ބޭނުންވާ އުފާވެރި ޚަބަރަކީ ކޮބައިތޯ: 

ހަމަޔަގީނުންވެސް ރާއްޖޭގައި މިހާރު ވަބާއެއްގެ ގޮތުގައި ފެތުރިފައިވާ ކޮރަޕްޝަން ކުޑަވެގެން ދާނެ އޭދަފުށީ ކައުންސިލްގެ ތެރެއިން.

ދާއިރާގެ ރައްޔިތުނެގެ ގާތު ބުނެލަން ބޭނުންވަނީ :
އަޅުގަނޑު ހޮވާށެވެ. ރައްޔިތުންނަށް އިޚްލާސްތެރިކަމާ އެކު ޚިދުމަތް ކޮށްދޭނަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top