އެފްއޭ ކަޕް: ހުޅުވާ މެޗުގައި އޭދަފުއްޓާއި ޓީސީ

NBWji7eizpUcQ9H3sevH.jpg

2017 ވަނަ އަހަރު އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދި ނިއު ރޭޑިއަންޓް ތަށި އުފުލާލަނީ. - ފޮޓޯ: އިމޭޖަސް.އެމްވީ

އަންނަ މާޗްމަހު 5ގައި ފަށާ އެފްއޭ ކަޕް ހުޅުވާ މެޗުގައި ކްލަބް އޭދަފުއްޓާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރަން ޖެހިއްޖެއެވެ.

މި ދެޓީމް ފުރަތަމަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައިވާ އިރު ދެ ވަނަ މެޗުގައި ބައްދަލު ކުރާނީ ށ. ފޯކައިދޫ ފުޓްބޯޅަ ޓީމާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. ތިން ވަނަ މެޗުގައި މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރާއިރު ފަހު މެޗުގައި ވިލިމާލެ ޔުނައިޓާ ކްލަބް އީގަލްސް ވާދަކުރާނެ އެވެ.

މި މުބާރާތުގައި 8 ޓީމުން ވާދަކުރެއެވެ. އެއީ ކްލަބް އޭދަފުށީގެ އިތުރުން ދިރާގު ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ފޯކައިދޫ ފުޓުބޯޅަ ކްލަބް، ވިލިމާލެ ޔުނައިޓެޑް އެވެ.

މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން މި މުބާރާތެއް ނުބާއްވަ އެވެ.

މި މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ނޮކްއައުޓް އުސޫލުންނެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު