ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

7731.jpg

އެސްޓީީއޯގެ މެނޭޖިންގ ޑިރެކްޓަރ ، އަހްމަދު ޝަހީރު ނޫސްވެރިންގެ ބައްދަލު ވުމެއްގައި

އެސްޓީއޯއިން ވިއްކަމުން ގެންދާ ޑީސަލާއި ޕެޓްރޯލްގެ އަގު މިއަދު ހެޔޮކޮށްފި އެވެ. ދާދިދެންމެއަކު އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލު ގެނައިކަން އިއުލާން ކުރުމަށްފަހު ޑީސަލް ލީޓަރެއް ވިއްކާ އަގު ކަމަށް ކަނޑައަޅާފައި ވަނީ 8.44 ރ. އެވެ. ޕެޓްރޯލް ލީޓަރެއްގެ އަގަކީ 8.65 ރ. އެވެ.

އެސްޓީއޯ އިން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނިން ބުނީ ޑީސަލް ލީޓަރަކުން 51 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 31 ލާރި ހެޔޮ ކޮށްފައިވާ ކަމަށެވެ.

ތެލުގެ އަގަށް އެ ބަދަލު ގެނައީ ތެލުން ނަގަމުން އައި %10ޑިއުޓީ %5 އަަށްކުޑަކުރުމުން ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެސްޓީއޯ އިން ބުނިގޮތުގައި ތެލުގެ ޑިއުޓީ އަށް ގެނައި ބަދަލާއެކު، ސްޓެލްކޯ އާއި ފެނަކަ އަށް ވިއްކާ ޑީސަލްގެ އަގު ވެސް ވާނީ ހެޔޮކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top