30އަހަރަށްފަހު އޭދަފުށިން ގޯތިދޭން ނިންމައިފި

DSCN3530-800x490-800x490-800x490-800x490-800x490-800x490.jpg

އޭދަފުށި ހިއްކު ބިމުން ބައެއް-- އީވީ ފައިލް ފޮޓޯ

30 އަހަރަށް ފަހު އޭދަފުށިން ގޯތި ދިނުމަށް ނިންމައި ގޯއްޗަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުލުވާލާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

މިކަމާ ގުޅިގެން އޭދަފުށީ ކައުންސިލުން މިއަދު އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތީގެ ގޮތުގައި 1400 އަކަފޫޓުގެ 158 ގޯތި އޭދަފުށިން ދޫކުރަން ނިންމާފައިވާކަމަށާ މިކަމަށް އެދޭ ފޯމު މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ރަށު ކައުންސިލުން ލިބެން ހުންނާނެ ކަމަށެވެ.

“ބ.އޭދަފުށިން ދިރިއުޅުމަށްޓަކާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު” ފުރިހަމަ ކުރެއްވުމަށް ފަހު އަންނަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރަށު ކައުންސިލަށް ހުށަހަޅަން ޖެހެއެވެ.

އޭދަފުށިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުން ފޯމު ހުށަހަޅަން ޖެހޭނީ ގޯއްޗަށް އެދޭ މީހާ ނުވަތަ އޭނާ ފޯމު ހުށަހެޅުމަށް އެދި ލިއުމުން ބާރު ދީފައިވާ ފަރާތެކެވެ. އަދި ފޯމާއެކު އައިޑީ.ކާޑާއި ކައިވެނީގެސެޓްފިކެޓްގެ ފޮޓޯ ކޮޕީއެއްވެސް ހުށަހަޅަން ޖެހެއެވެ.

ގޯއްޗަށް އެދޭ މީހާގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއްލިބިފައިވާ މީހެއްކަމުގައި ނުވުމާއި ސަރުކާރުން އިމާރާތް ކޮށްދީފައިވާ ފްލެޓެއް ނުވަތަ ރޯހައުސް އެއް ލިބިފައި ނުވުމުގެ އިތުރުން އެއްމެދު އިމާރާތެއްގެ ފްލެޓެއް ވިޔަސް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ހިމެނެއެވެ. އަދި އެމީހެއްގެ އަމިއްލަ ނަމުގައި ގޯއްޗެއް އޮވެ އެގޯތި އެހެން މީހަކަށް ދީ ނުވަތަ ވިއްކާލާފައި ވާތާ 29އަހަރަށް ވުރެ ދިގު މުއްދަތެއް ވޭތުވުންވެސް ހިމެނެއެވެ.

 

މިކަމާބެހޭ އިތުރު މައުލުމާތު އޭދަފުށީ ކައުންސިލްގެ ރަސްމީ ވެބްސައިޓު ،www.eydhafushi.gov.mvއިން ލިބޭނެކަމަށް ރަށު ކައުންސިލުގެ އިއުލާނުގައި ބުނެފައިވެ އެވެ.

އޭދަފުށިން ގޯތި ދޫކުރަން ހައުސިން މިނިސްޓްރީން ހުއްދަ ދިނީ މި މަހުގެ ދެވަނަ ދުވަހުއެވެ.

އޭދަފުށިން މިހާރު ދޫކޮށްފައިވާ ގޯތީގެ އަދަދީ 659 އެވެ. މިދިޔަ ސަރުކާރުން 11 މިލިއަން ޑޮލަރު (169.6 މިލިއަން ރުފިޔާ) ހޭދަކޮށްގެން އޭދަފުށިން ވަނީ 26 ހެކްޓަރުގެ ބިން ހިއްކައިފައެވެ

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top