ތުޅާދޫގައި އޭޓީއެމް ބަހައްޓަނީ

l_144224778832SyPi-1.jpg

ބ.ތުޅާދޫގައި ބޭންކް އޮފް މޯލްޑިވްްސް ގެ އޭޓީއެމް އެއް ބަހައްޓަން ނިންމައި އެތަން އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ.

ތުޅާދޫ އާއެކު އިތުރު ދެރަށެއްގައި ވެސް ދިވެހި ގައުމީ ބޭންކުގެ އޭޓީއެމް ބެހެއްޓުމަށް ބޭނުންވާ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާނު ކޮށްފައެވެ. އެ ދެރަށަކީ ލ.މާވަށާއި ރ.އަލިފުށީގައެވެ.

ތުޅާދޫގައި އޭޓީއެމްގެ އިމާރާތް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ މަހުގެ 07 ވަނަ ދުވަހު ތުޅާދޫ ކައުންސިލްގެ އިދާރާ ގައެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

އޭޓީއެމް ބެހެއްޓުމަށް ބޭނުންވާ އިމާރާތްތައް ހެދުމުގެ މަސައްކަތާއި ބެހޭ އިތުރު މައުލޫމާތު ބީއެމްއެލްގެ 3015350 އާއި 3015349 ނަމްބަރު ފޯނުން ލިބިވަޑައިގަންނަވާނެ ކަމަށް އެއިއުލާނުގައި ބުނެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top