ދި ހޯކްސްގެ ޚަރަދުގައި ކަމަދޫރައްޔިތުން އުމްރާއަށް ފޮނުވަނީ

464127532_8735324353180819_2038906820349409742_n-1.jpg

ކަމަދޫ ރައްޔިތުންގެ ތެރެއިން އުމްރާގެ އަޅުކަމަށް ގުރުއަތުން ހޮވުނު އެރަށު ކައުންސިލުގެ ރައީސަށް ލިޔުން ހަވާލުކުރައްވަނީ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރާ ދި ހޯކްސް ޕްރައިވެޓް ލިމިޓެޑްއިން ބ.ކަމަަދޫ ރައްޔިތުން އުމުރާގެ އަޅުކަމަށް ފޮނުވަން ފަށައިފިއެވެ.

އެކުންފުނީގެ ޗެއާމަން، ކަމަދޫ އަހްމަދު ރަޝީދު ހަސަންގެ ހަރަދުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަން ފަށާފައިވާއިރު މިދިޔަ މަހުވެސް ވަނީ 10 މީހަކު އުމުރާގެ އަޅުކަމަސް ފޮނުވާފަ އެވެ. އަދި އަންނަ ޑިސެމްބަރު މަހު އިތުރު 15 މީހުން އުމުރާގެ އަޅުކަން އަދާކުރުމަށް ފުރާނެ ކަމަށް އެރަށު ކައުންސިލުގެ ރައީސް ހަސަން ޒަރީރު ވިދާޅުވިއެވެ.

ޒަރީރުވިދާޅުވި ގޮތުގައި އުމުރާގެ އަޅުކަމަށް ފޮނުވާނެ މީހުން ކަނޑައަޅަނީ ކައުންސިލް އިދާރާއަށް ހުށަހަޅާ ފޯމުތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ. ގުރުއަތުލުން ކުރިއަށް ދަނީ ހާމަކަން ބޮޑުކޮށް ރައްޔިތުންގެ ހާޒިރުގައެވެ.

”މިމަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތުދެއްވި ކަމަށް ޓަކާ ދި ހޯކްސްގެ ޗެއާމަނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އުއްމީދަކީ އުމުރާގެ އަޅުކަން ދާން ބޭނުން  ކޮންމެ ރައްޔިތަކަށްވެސް އިރާދަކުރެއްވިއްޔާ މި ފުރުސަތު ފަހިވެގެން ދިއުން. “ޒަރީރު ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top