އަންނަ އަހަރުން ފެށިގެން އަންހެނުންގެ ކޮމިޓީތަކުގެ މުސާރަ ބޮޑުކޮށްދޭން އަންގައިފި

b_3MWVmj3Bq2Tu1D5D9NAACIrHo.jpg

ރައީސް ސޯލިހު ތިމަރަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދެމުން އަންނަ އިނާޔަތް، އަންނަ އަހަރުން ފެށިގެން ބޮޑުކުރުމަށް ނިންމައި، މުސާރައިގެ އާ އޮނިގަނޑު ފިނޭންސް މިނިސްޓްރީން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވައިފިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް ލިބޭ އިނާޔަތް ބޮޑު ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ، ކޮޅުމަޑުލުގެ ހަތް ރަށަކަށް މިދިޔަ މަހު އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި ކިނބިދޫ އަންހެނުންގެ ކޮމިޓީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ރައީސް ސޯލިހުގެ ނިންމެވުމާ އެއްގޮތަށް އަންހެނުންގެ ކޮމިޓީތަކުގެ މުސާރަ އާއި އެލަވަންސް އަންނަ އަހަރު ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ އެލްޖީއޭ އަށް މިދިޔަ ހަފްތާގައި ފޮނުއްވި ސިޓީއެއްގައި ވަނީ އަންގަވާފަ އެވެ.

އެ ސިޓީގައި އިނާޔަތް ތަކަށް އަންނަ ބަދަލުތައް ވެސް ވަނީ ހިމަނައިފައެވެ.

މުސާރައާއި އެލަވަންސް މިހާރު ލިބޭ ގޮތް

ރަށު ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ:

ރައީސްގެ ފިކްސްޑް އެލަވަންސް: 2،000 ރުފިޔާ
ނައިބް ރައީސްގެ ފިކްސްޑް އެލަވަންސް: 1،500 ރުފިޔާ
މެންބަރެއްގެ ފިކްސްޑް އެލަވަންސް: 1،000 ރުފިޔާ

ސިޓިން އެލަވަންސް: 250 ރުފިޔާ

ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ:

ރައީސްގެ ފިކްސްޑް އެލަވަންސް: 2،500 ރުފިޔާ
ނައިބް ރައީސްގެ ފިކްސްޑް އެލަވަންސް: 2،000 ރުފިޔާ
މެންބަރެއްގެ ފިކްސްޑް އެލަވަންސް: 1،500 ރުފިޔާ

ސިޓިން އެލަވަންސް: 250 ރުފިޔާ

މުސާރައާއި އެލަވަންސަށް އަންނަ ބަދަލު

ރަށު ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ:
ރައީސްގެ ފިކްސްޑް އެލަވަންސް: 4،000 ރުފިޔާ
ނައިބް ރައީސްގެ ފިކްސްޑް އެލަވަންސް: 3،000 ރުފިޔާ
މެންބަރެއްގެ ފިކްސްޑް އެލަވަންސް: 2،000 ރުފިޔާ

ސިޓިން އެލަވަންސް: 500 ރުފިޔާ

ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ:
ރައީސްގެ ފިކްސްޑް އެލަވަންސް: 5،000 ރުފިޔާ
ނައިބް ރައީސްގެ ފިކްސްޑް އެލަވަންސް: 4،000 ރުފިޔާ
މެންބަރެއްގެ ފިކްސްޑް އެލަވަންސް: 3،000 ރުފިޔާ

ސިޓިން އެލަވަންސް: 500 ރުފިޔާ

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް މުސާރަ ދެނީ ކޮންމެ މަހަކު ފިކްސްޑް އެލަވަންސްގެ ގޮތުގައި ލިބޭ އަދަދަކާއި ސިޓިން އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބޭ އަދަދު އެއީ ޖުމްލަ މުސާރައިގެ ގޮތުގައި ބަލައިގެންނެވެ. ފިކްސްޑް އެލަވަންސަކީ އެއްވެސް އުނިއިތުރަކާ ނުލައި ކޮންމެ މެންބަރަކަށް ވެސް ލިބޭ އަދަދެކެވެ. ނަމަވެސް ސިޓިން އެލަވަންސަކީ އެ މެންބަރަކު ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް ލިބޭ އެލަވަންސެކެވެ. ފިނޭންސް މިނިސްޓްރީގެ އެންގުމުގައިވާ ގޮތުން ސިޓިން އެލަވަންސް ކޮންމެ މަހަކު ވެސް ދެވެނީ ގިނަވެގެން ހަތަރު ބައްދަލުވުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top