ދިޕިކާ އާއި ރަންވީރު ކައިވެނިކޮށްފި

d3b8d3e6-e890-11e8-9800-40e053fa8e14.jpg

ހަ އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގ ކައިވެނި ކޮށްފިއެވެ.

މި ކައިވެނީގެ ރަސްމީ ހަރަކާތްތައް އިއްޔެއިން ފެށިގެން އިޓަލީގެ ލޭކް ކޯމޯ ގައި ކުރިއަށް ދާއިރު ކައިވެނީގެ ރަސްމިއޔާތަށް ދައުވަތު ދީފައިވަނީ ދެފަރާތުގެ އާއިލާގެ އިތުރުން ދެމީހުންގެ ގާތް އެކުވެރިން ކޮޅަކަށެވެ. މިގޮތުން ދައުވަތު ދެވިފައިވާ ފަރާތްތަަކަށް ވެސް ރައްމިއްޔާތުގެ އެއްވެސް ފޮޓޯ އެއް ނުނެގުމަށާ ފޯނު ނުވެއްދުމަށް އެދިފައި އޮތުމުން މީޑިއާ އާ ހަމައަށް އަދި ތިލަވެފައިވަނި ވަރަށް މަދު އަދަދެއްގެ ފޮޓޯއެކެވެ.

މި ކައިވެނި އިއްޔެ ކޮށްފައިވަނީ ދެކުނު އިންޑިއާ ސްޓައިލަށެވެ. އެކަމަކު މިއަދު އުތުރު އިންޑިއާ ސްޓައިލަށް ވެސް ކައިވެނި ކުރާނެ ކަމަށް ބޮލީވުޑްގެ ޚަބަރުތަކުން ބުނެއެވެ.

ރަންވީރް އާއި ދީޕިކާގެ ކައިވެންޏަށް ބޮލީވުޑް އިން ފުރަތަމަ މަރުހަބާ އާއި ތަހުނިޔާ ކިޔާފައިވަނީ  ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ، ކަރަން ޖޯހަރް އެވެ.

މި ކައިވެނީގެ ހަފްލާ އަށް އިޓަލީގެ ސެކިއުރިޓީ އެޖެންސީ އެއް ހަމަޖައްސާފައިވާ އިރު ހަފްލާ ހިނގަމުން ދިޔައީ ވަރުގަދަ ސެކިއުރިޓީއަކާ އެކުގައި ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނެއެވެ. 

ކައިވެނީގެ ރަސްމިއްޔާތު އިޓަލީގައި އޮތް ނަމަވެސް މި މަހުގެ 21ވަނަ ދުވަހު ދިޕިކާގެ އުފަން ރަށް، ބެންގަލޫރުގައި ގާތް ރަހްމަތްތެރިންނާއި އާއިލާމީހުން ބައިވެރިވާ ހަފްލާއެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އަންނަ ޑިސެމްބަރު ދެވަނަ ދުވަހު ބޮލީވުޑްގެ ތަރިންނާއި ޚާއްސަ މެހެމާނުން ކޮޅަކަށް ދައުވަތު ދީގެން މުމްބާއީގައި ވަކި ހަފްލާއެއް ބާއްވައެވެ.

ދިޕިކާއާ ރަންވީރު ރައްޓެހި ވެފައިވަނީ 2013 ގައި ދެމީހުން އެކުގައި ކުޅުނު ސަންޖޭލީލާ ބަންސާލީގެ ގަލިޔޯންކީ ރަސޭލާގެ ޝޫޓިންގ ތެރެއިންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top