އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓްގެ އޭދަފުށި ޒޯނަށް ޑިވެލޮޕްމަންޓް އޮފިސަރެއް ހޯދަނީ

big_o6Gt8S8B9PELe0Q1lvsrpHLKt.jpg

އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގެ ތެރެއިން -ފޮޓޯ އަވަސް.އެމްވީ

ފުޓްބޯލް އެސޯސިއޭޗަން އޮފް މޯލްޑިވްސް (އެފްއޭ އެމް ) އިން ، ރާއްޖެ އަށް ޒޯނަކަށް ބަހާލައިގެން ފެށުމަށް ހަމަޖެހިފައިވާ، “އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓް’ ގެ އޭދަފުށީ ޒޯނަށް ޒޯން ޑިވެލޮޕްމަންޓް އޮފިސަރެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ.

އެފްއޭއެމް އިން މިއަދު ގެޒެޓް ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން އޭދަފުށީ ޒޯނަށް ކަނޑައަޅާފައި ހުންނަ ޒޯން އޮފިސަރުގެ މަގާމުގެ އަސާސީ މުސާރައަކީ 6939 ރުފިޔާ އެވެ. މި މުސާރަ އާއެކު ޑިވެލަޕްމެންޓް އޮފިސަރަކީ އެ ޒޯނެއްގެ ފޯކަލް ޕޮއިންޓް ވެސް މެއެވެ.

ޑިވެލޮޕްމަންޓް އޮފިސަރުގެ މަސްއޫލިއްޔަތަކީ، އެ ޒޯންތަކުގައި އަންހެން، ފިރިހެން ގުރާސް ރޫޓް ޕްރޮގުރާމް ކުރިއަށް ގެންދިއުމާއި އާ ކުޅުންތެރިން އުފެއްދުމަށް ޔޫތު ޑިވްލަޕްމެންޓް ޕްރޮގްރާމްތައް ހިންގުމެވެ. އޭދަފުށީ ޒޯންގައި ހިމެނެނީ ރ ،ބ އަދި ޅ އަތޮޅެވެ.

އޭދަފުށި ޒޯނަށް ޑިވެލޮޕްމަންޓް އޮފިސަރެއް ހޯދަން މިއަދު އެފްއޭއެމުން އިއުލާން ކުރިއިރު މި ޒޯނަށް ފަސް ކޯޗުން ހޯދުމަށް ވެސް މިއަދު ވަނީ ގެޒެޓް ކޮށްފަ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު، ވިދާޅުވީ އެހެން ޒޯންތަކަށް ވެސް ކޯޗުންނާއި ޑިވްލަޕްމެންޓް އޮފިސަރުން ހޯދަން އިއުލާން ކޮށްފައިވާނެ ކަމަށެވެ.

“އެފްއޭއެމްގެ އިންސެޕްކްޓިން ޓީމުން ޒޯންތަކަށް ދަތުރުކޮށް މިހާރު ވެސް އިންތިޒާމު ހަމަޖެހިފައި ހުރި ޒޯންތަށް އަވަހަށް ފެށުމަށް މަސައްކަތް ކުރަނީ،” ޖަވާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ އެހެން ޒޯންތަކުގައި ވެސް އިންތިޒާމު ހަމަޖެހެމުންދާ ވަރަކަށް ފަށަށް ތައްޔާރު ވާނެ ކަމުގައެވެ.

އިންސްޕެކްޝަން ޓީމުގައި ހިމެނެނީ، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ ‘ސާންތީ’ އާއި ކުރީގެ ގައުމީ ކެޕްޓަން އަދި ކޮމްޕްޓީޝަން ޑިޕާޓްމެންޓްގެ ހެޑް އައްސަދު ޢަބްދުލް ޣަނީ އެވެ. އައްސަދާއި ސާންތީ ވަނީ އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓްގެ މަރުކަޒުތައް ގާއިމު ކުރާ ރަށްރަށަށް ގޮސް އެ ރަށްރަށުގެ މުއައްސަސާތަކާ ބައްދަލު ކޮށްފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top