ކަމަދޫ ކައުންސިލާއި ޔޫތް އެސޯސިއޭޝަން އޮފް ކަމަދޫ އިނިޝިއޭޓިވްސް (ޔަކިސް) ޖަމިއްޔާ އާއި ގުޅިގެން ދަ ހޯކްސް ފުޓްސަލް ޓޯނަމެންޓުގެ ނަމުގައި ފުޓްސަލް މުބާރާތެއް އިއްޔެ ކަމަދޫގައި ފަށައިފި އެވެ.
ދަ ހޯކްސް އިން ސްޕޮންސާ ކޮށްގެން ބާއްވާ މި މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ޑޯން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި ރޯދި ލޯންޗު އަދި ފޮޓޯގްރަފީ ޑިޖިޓަލް ފޮޓޯ އެވެ.
ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސާޖިދު ވިދާޅުވި ގޮތުގައި މިއީ ރަށުފެންވަރުގައި ބޭއްވޭ މުބާރާތެއްކަމަށް ވިޔަސް އަތޮޅު ފެންވަރުގެ މުބާރާތެއްގެ ކޮލިޓީ ހުންނާނެއެވެ.
ޖުމްލަ ހަ ޓީމު ވާދަ ކުރާ މި މުބާރާތުގެ އެއްވަނަ ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައެޅިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ކަނޑައަޅާފައިވެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ވާދަކުރީ އެފްސީ ރެއާލް އާއި އެފްސީ ރެއަލް ޖޫނިއާސް އެވެ.
މުބާރާތުގެ ފައިނަލް މެޗަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ވަނީ ކައުންސިލްގެ ފަރާތުން ދައުވަތު އަރުވާފަ އެވެ.