ބ.އަތޮޅުގެ ތިން ރަށެއްގެ ރަށުކައުންސިލަށް ޑިރެކްޓަރުން ހޯދަން އިއުލާނުކޮށްފި

20160705_164334.jpg

އޭދަފުށީ ކައުންސިލްގެ އިދާރާ

ބ.އޭދަފުއްޓާއި ފެހެންދުއާއި ކިހާދޫ ކައުންސިލްގެ އިދާރާއަށް ޑިރެކްޓަރުން ހޯދަން އިއުލާނު ކޮށްފިއެވެ.

ސިވިލްސާވިސް ކޮމިޝަނުން މިކަމަށް އެދި މިއަދު ކުރި އިއުލާނުގައި ބ.އަތޮޅުގެ މި ތިން ރަށުގެ އިތުރުންވެސް އަތޮޅުތަކުގެ ބައެއް ރަށްރަށަށް ޑިރެކްޓަރުން ހޯދަން އިއުލާނު ކޮށްފައި ވެއެވެ.

ޑިރެކްޓަރުންގެ މަސްއޫލިއްޔަތާއި މަގާމުގެ ވާޖިބުތަކުގެ ޝަރުތުތަކުގެ ގޮތުގައި އެ ކޮމިޝަނުން ކަނޑައަޅާފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 9 އަކުން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

މި ޝަރުތު ތަކުންކުރެ ޝަރުތެއް ފުރިހަމަވާ ފަރާތްތަކުން މި މަގާމަށް އެދި ހުށައަޅަންޖެހޭ ތަކެތި 08 އޮކްޓޫބަރު 2019 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް ހުށައެޅުމުގެ ފުރުސަތު ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ހުޅުވާލައިފައެވެ.

އިތުރު މައުލޫމާތެއް ބޭނުންވާ ފަރާތްތަކުން 3307313 ނަންބަރު ފޯނާ ގުޅައިގެން ސާފުކުރެއްވުމަށް އެކޮމިޝަނުން ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top