20000 ރުފިޔާއަށް ވުރެ މަތިން މުސާރަލިބޭ ސަރުކާރު މުވައްޒަފުންގެ މުސާރަތައް ކުޑަކުރަނީ !

b_IEzH1UmSSMmfFustX9WBE1ttY-810x470.jpeg

ފިނޭންސް މިނިސްޓަރު އަމީރު --ފޮޓޯ :ރައީސް އޮފީސް

20000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ ސަރުކާރު މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރަން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ޑެޕިއުޓީ މިނިސްޓަރުން ފެށިގެން ހުރިހާ ފަންތިއަކަށް މުސާރަ އުނިކުރަން ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް 20،000 ރުފިޔާއަށް ވުރެ ދަށުން މުސާރަ ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރައަށް ބަދަލެއް ނުގެންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން 20000 ރުފިޔާ އާއި 25000 ރުފިޔާ އާ ދެމެދުގެ މުސާރަތަކުން 25 ޕަސެންޓު، 25000 ރުފިޔާ އާއި 60000 ރުފިޔާ އާއި ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް އަދި 60000 ރުފިޔާއިން މަތީގެ މުސާރަތަކުން 35 ޕަސެންޓް ކުޑަ ކުރައްވާނެ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން މުސާރައިން 22 އިންސައްތަ އަދި ބޯޑު އެލަވަނަސްގެ ގޮތުގައި ދެމުން އަންނަ 11،000 ރުފިޔާވެސް މި ވަގުތު ކަނޑާލާފައިވާކަންވެސް އަމީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރު މުވައްޒަފުންގެ ތެރެއިން މުސާރަ 10،000 ވުރެ ދަށް މުވައްޒަފަކަށް މި ހާލަތުގައި އެލަވަންސްތަކާއި އެކު އެންމެ ބޮޑުކޮށް ގެއަށް ގެންދެވޭނީ 25،000 ރުފިޔާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top