ދިވެހި ފިލްމް “ހައްދު” އޭދަފުއްޓަށް

20246446_1989965557953885_6097861255156059350_n.jpg

ޑައިރެކްޓަރ އަބްދުލްފައްތާހުގެ ދިވެހި ފިލްމު “ހައްދު” އޭދަފުށީގައި އަޅުވަން ހަމަޖެހިއްޖެއެވެ.

މިފިލްމު އޭދަފުށީގައި އަޅުވާނީ ފަހަކަށް އައިސް ދިވެހި ފިލްމުތަކެއް އޭދަފުށީގައި ސްކްރީން ކޮށްފައިވާ ކްލަބް ދަ ބިގިނާސްއިންނެވެ. އެކްލަބުން ބުނީ ހައްދު އެޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެރޭ އޭދަފުށި މަލްޓިފާފަސް ހޯލްގައި ކަމަށެވެ.

ބިގިނާސްގެ މީޑިޔާ ޑިރެކްޓަރ ރަމީޒް ޔޫސުފް ބުނީ ހައްދު ފިލްމުގެ ޓިކެޓް ވިއްކާނީ -/100ރ އަށްކަމަށާ، ޓިކެޓް ވިއްކާނެ ތާރީހް ވަރަށް އަވަހަށް އިޢްލާންކުރާނެކަމަށެވެ. އޭނާބުނީ އަދި ހަމަޖެހިފައިވަނީ 1 ޝޯ އެޅުވުމަށް ކަމަށާ، ސަޕޯޓް ލިބޭ ވަރަކަށް ބަލާފައި 2 ޝޯ އެޅުވުމާމެދު ވިސްނާނެކަމަށެވެ.

މިހާރު މާލޭގައާއި ރާއްޖޭގެ ބޮޑެތި ރަށްރަށުގައި ދައްކަމުން އަންނަ “ހައްދު” ގައި ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ އަހުމަދު ޝިބާންއާ އެކު މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ. އަދި ފިލްމުގެ ވަރަށް ހާއްސަ ފެނިލުމަކުން ނޫސްވެރިޔާ އަހުމަދު ފައިރޫޒް ވެސް ފެނިގެންދާ އިރު، އަލީ އާޒިމް (ދޮންއައްޔަ) ގެ ވަރަށް ތަފާތު ރޯލެއް ފިލްމުން ފެނިގެން ދާނެ އެވެ.

“ހައްދު” ގެ ސަޕޯޓިން ކާސްޓުންގެ ތެރޭގައި މުހައްމަދު ރަޝީދު (ދަރާ)، އާރިފާ އިބްރާހީމް، ފައުޒިއްޔާ ހަސަން، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަހުމަދު ނަޖާހް އަދި ގުލިސްތާން ފަދަ އެކްޓަރުން ހިމެނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top