ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 97 ބޭފުޅަކަށް އަދި މަތީ ދަރަޖަ 33 ބޭފުޅަކަށް

443814_d5a4f426-4_-scaled.jpg

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް އަދި މަތީ ދަރަޖަ 33 ބޭފުޅަކަށް މިއަދު ދީފި އެވެ.

އެ ދެ އިނާމުޖ ދީފައި ވަނީ މިއަދު ހެނދުނު ބޭއްވި ޖުމްޖޫރީ ދުވަހުގެ ރަސްމީ ޖަލްސާފަ އެވެ.

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު މިއަދު ލިބުނު 97 ބޭފުޅުންނަކީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަށް ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅުންނެވެ. އަދި 40 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް އިނާމު ދީފައި ވެ އެވެ.

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވީ ޝަރަފުގެ ބެޖަކާއި ޝަރަފުގެ އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ.

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަކީ ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ފާހަގަކުރެވޭ ބޭފުޅުންނަށް ދޭ އިނާމެކެވެ. އެއީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިޚްލާސްތެރިކަމާ އެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި އެ ބޭފުޅަކު ވަޒީފާ އަދާކުރި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ޚިދުމަތުގެ އަގު ވަޒަންކުރަން ދޭ އިނާމެކެވެ.

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 97 ބޭފުޅުންނަށް ލިބިފައިވާ އިރު ބ.އަތޮޅުން މި އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ތެރޭގައި، ކެންދޫ ލައިޓް ކޯނަރު އަބްދުލް ޖަލީލް އިބްރާހީމާއި، ހިތާދޫ ހެދޭކުރި ، ގާސިމް އަހުމަދާއި ކުޑަރިކިލު  ބޮކަރުމާގޭ އިބްރާހީމް ޝަކީބާއި ތުޅާދޫ ގުލްޗަނބޭލީގޭ ހުސައިން އަލީ ހިމެނެ އެވެ. އަދި މަތީ ދަރަޖަ ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ތެރޭގައި އޭދަފުށި، ގުލްބަކާގޭ ވަސީމާ ހުސައިން ހިމެނެ އެވެ.

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދޭން ފެށީ 2021 ގަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top