މާދަމާއަކީ ރޯދަމަހުގެ ފުރަތަމަދުވަސް

big_H46c6Zd9aQ5kiuw-1.jpg

ހަނދު ސާބިތު ކުރުމާބެހޭ ޖަލްސާއެއް

މާދަމާއަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީ އިން ކަނޑައަޅައިފިއެވެ.

މިރޭ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހަނދު ސާބިތުކުރުމުގެ ޖަލްސާއަށް ފަހު އިއްވި، ހަނދާ ބެހޭ ބަޔާނުގައި ބުނީ، ރާއްޖެ އާއި އިސްލާމީ ގިނަ ގައުމުތަކަށް މިރޭ އިރުއޮއްސުނު އިރު ރަމަޟާން މަހުގެ ހަނދު ފެންމަތިވެފައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލަށް ބަލައި، މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެ ބަޔާން މެދުވެރި ކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވަނީ ރަމަޟާން މަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށާއި އިސްލާމީ އެހެން ގައުމުތަކަށް ފޮނުއްވައިފަ އެވެ. އަދި މި މަހުގެ ފައިދާ ވީ އެންމެ ރަނގަޅަކަށް ލިބިގަތުމަށް ވެސް އެ ބަޔާނުގައި ދިވެހި ރައްޔިތުންނަށް ވަނީ ނަސޭހަތް ތެރިވެފަ އެވެ.

ހަނދު ސާބިތުވިކަން އިއުލާން ކުރުމާ އެކު، ސިފައިން ވަނީ ޖުމްހޫރީ މައިދާން ސަރަހައްދުގައި އެކަން އިއުލާން ކުރުމުގެ ގޮތުން ބަޑި ޖަހައިފަ އެވެ.

ރާއްޖެއަށް މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ވިޔަސް އިސްލާމީ ބޮޑެތި ބައެއް ގައުމު ތަކަށް ރަމަޟާން މަސް ފެށެނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

އެގޮތުން ސައޫދީއާއި އޮމާން އަދި އިންޑޮނޭޝިއާ އާއި މެލޭޝިއާގައިވެސް ރޯދަމަސް ފެށެނީ އަންނަ ބުރާސްފައި ދުވަހުގައި ކަމަށް އެގައުމުތަކުން މިހާރު ވަނީ އިއުލާނު ކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top