ޝައިޚް މަޖީދުގެ ދަރެސް : ރޯދަވެރިޔާގެ ދޫ ރައްކާތެރިކުރުމުގެ މުހިންމުކަން.

5746032ec3618887668b4584.jpg

ރޯދަމަސް އަތުވެއްޖެއެވެ. ހުރިހާ ޝައިޠާނުން ތަކެއް ކަސްތަޅު އެޅުވިއްޖެއެވެ. އިހު އުޅުނު ގޮތުގެ ހިސާބުތައް އަލުން ބަލައި ދިރާސާކޮށް އިޞްލާޙުކުރަންޖެހޭ ކަމަކީ ކޮބައިތޯ ވިސްނާ ފިކުރުކޮށް އިޞްލާޙުތަކާއެކު އައު ޢަޒުމަކާއެކު އަލުން އައު ޞަފްޙާތަކެއް މި ވަނީ، ފެށިފައެވެ. މިހާރު މިވަނީ، މިއަހަރު ރަމަޟާންމަހުގެ ފަރްޟުރޯދަ ހިފަން ފަށާފައެވެ. މި އަޅުކަމުގެ ފުރިހަމަ ދަރުމައާއި ޘަވާބު ޙާޞިލުކުރުމަށްޓަކައި އެންމެ ސަމާލުކަން ދޭންޖެހޭ އެއްކަމަކީ، ދުލާއި ގުނަވަންތަކަށް ރައްކާތެރިވުމެވެ. މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވާ، ކީރިތި ރަސޫލާޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވަނީ “ރޯދައަށް ހުރެ، ހަޑިހުތުރުބަސްތައް ބުނެ އެފަދަ ޢަމަލުތައް ކުރުން ހުއްޓައިނުލާ މީހާ (ދަންނާށެވެ!)  ފަހެ، އޭނާ ހަމައެކަނި ނުކައި ނުބޮއި ހުންނަ ހުރުމަކީ، އެކަމުގައި ﷲ އެދިވޮޑިގެންވާ ގޮތެއްނޫނެވެ.”

އިސްވެދިޔަ ބަސްފުޅުން ދޭހަވަނީ، ހަޑިހުތުރު ބަސްތައް ބުނުމާއި ފާސިޤު ޢަމަލުތަކުން ދުރުހެލިނުވާމީހަކު ހިފާ ރޯދައަކީ، އެކަމަކުން އޭނާއަށް އެއްވެސް މަންފާއެއްކުރާނޭ ޢަމަލެއް ނޫންކަމެވެ. އެހެންކަމުން ރޯދައިގެ ފުރިހަ ދަރުމައާއި ޘަވާބު ޙާޞިލުކުރުމަށްޓަކައި، ފަޖްރުއްޞާދިޤުގެ އަލިކަން ފައުޅުވީއްސުރެ، އިރުއޮއްސިއްޖައުމަށް ދާންދެން ނުކައި ނުބޮއި ހުންނަ ހުރުމުގައި އޭނާގެ ޢަމަލާއި ބަސްމަގު ހުންނަންވަނީ އިސްލާމީޝަރީޢަތުގެ ޙުދޫދުގެ ތެރޭގައެވެ. އޭރުން އެކަމުގެ ފުރިހަމަ ދަރުމައާއި ޘަވާބު ޙާޞިލުވާނެއެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top