ރޯދަމަސް ފެށުނު އިރު ތަކެތީގެ އަގުތައް ހުރީ ކިހިނެއް؟

DSCN2183.jpg

ރޯދަމަހަކީ އެހެން މަސްތަކާ އަޅާބަލާއިރު ޚާއްސަކޮށް ކެއުމަށް ވަރަށް ބޮޑު އިސްކަން ދެވިފައި އޮންނަ މަހެކެވެ. ރޯދަމަސް ފެށެންވާއިރު މުޅި މަހަށްް ވާވަރަށް ގަނޑުކޮށް ކާބޯތަކެތި ގަތުމަކީ ދިވެހިންގެ އަންޒަމާނުން ފެށިގެން ހިނގަމުން އަންނަ އާދައެކެވެ.

އެގޮތުން މި ރޯދަމަސް ފެށިގެން އައިިއިރު ގަނޑުކޮށް ރައްކާކުރެވިފައި ހުންނަ ތަކެތީގެ އިތުރުން ދުވަހުން ދުވަހަށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ހުރީ ކިހާ ހިސާބެއްގައިތޯ ބަލައިލާއިރު އެންމެ ފުރަތަމަވެސް އަޅައިގަންނަނީ އެ އެއްޗަކާ ނުލާ ރޯދަ ވީއްލުން ފުރިހަމަ ނުވާ ކަމަށް ދިވެހިންގެ ގިނަ ބަޔަކު އިއްތިފާގުވާ ކަރާގެ އަގުތަކަށެވެ.

ރޯދަމަސް ފެށުމާއެކު ކަރާގެ އަގު އެހެން އަހަރުތަކަށްވުރެ ބޮޑުވާނެ ކަމަށް މާލޭގެ ލޯކަލް މާރުކޭޓްގައި ކަރާގެ ވިޔަފާރި ކުރާ ފަރާތްތަކުންނާ ރާއްޖެއިން ބޭރުން ކަރާ އިމްޕޯޓްކުރާ ވިޔަފާރިވެރިން ބުނެއެވެ.

މި އަހަރުގެ ރޯދަމަސް މިއަދު ފެށި އިރު މާލޭގެ ބާޒާރުގައި ކަރާ ހުރީ އެހެން އަހަރާ ތަފާތުކޮށް ވަރަށް މަދުންނެވެ. ދިވެހި ކަރާ ލިބުން ވަރަށް ބޮޑަށް ދަތިވީއެވެ. ވިއްކަން ހުރި މަދު ކަރާކޮޅުގެ ތެރޭގައި ގިނައީ އިންޑިއާ އިން އެތެރެކޮށްފައިވާ ކަރާ ކަމަށް މާރުކޭޓުގެ ގޮޅިތަކުން ބުންޏެވެ.

މާލޭގައި ކަރާ ކިލޯއެއް ލިބެން ހުރީ 30-35ރ. އަށް ނަމަވެސް މިއަދު އޭދަފުށީ ފަސްމުގޫ ފިހާރައިން ކަރާ ކިލޯއެއް 20 ރު. އަށް ކިލޯއެއް ވިއްކަން އެބަހުއްޓެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި އެއަގަށް ވިއްކިދާނެ ކަމާމެދު އެފިހާރައިން ޔަގީން ކަމެއް ނުދިނެވެ.

“އަޅުގަނޑުމެންނަކީ ބޭރުން ކަރާ އިމްޕޯޓް ކޮށްގެން ވިއްކާ ބައެއް. ރޯދައަށް އައި ޝިޕްމެންޓް މިހާރު މި ހުސްވަނީ. ދެން އަނެއްކާވެސް ބޭރުން ގެނައުމަށް ދުވަސް ނަގާނެ. އެހެންނޫނީ އަތޮޅު ތެރެއިން ކަރާ ގަނެގެން ވިއްކަން ޖެހޭނީ. ” ފަސްމުގޫ ފިހާރައިން ބުންޏެވެ.

ރޯދަމަހު ދެން އެންމެ ބޭނުން ބޮޑު އެކައްޗަކީ ދޮންކޭލެވެ.

ދޮންކޭލުގެ އަގުތަކަށް ބަދަލު ނައިސް ރޯދަމަސް ފެށުނު އިރުވެސް 35 ރުފިޔާ އިން ފެށިގެން 40 ރު.އަށް ކިލޯއެއްގެ މަގުން ފިހާރަތަކުން މިއަދުވެސް ލިބެން އެބަހުއްޓެވެ.

އަގު ރަނަށް ވެގެން އުޅެނީ ގިތެޔޮ މިރުހެވެ. ރާއްޖޭގަައި ހައްދާފައިވާ މިރުސް ލިބުން ދަތިވެފައި ވާތީ މިރުހުގެ އަގުތައް ތިރި ނުވެ އަދިވެސް ދަނީ އުފުލެމުންނެވެ. އެގޮތުން މާލޭ ބާޒާރުގައި ކުރިން 250ރ. އަށް ވިއްކި މިރުސް ކިލޯއެއްގެ އަގު މިއަދު މާލޭގައި ހުރީ 600-700ރ. ދެމެދުގެ އަގުތަކަށް އުފުލިފައެވެ.

އެހެންނަމަވެސް އޭދަފުށީގައި މިއަދު ދިވެހި ގިތެޔޮމިރުސް ކިލޯއެއް ފިހާރަތަކުން 50ރު.އަިން ފެށިގެން 60 ރު.ގެ އަގުތަކަށް 100ގްރާމް މިރުން ވިއްކައެވެ.

މިރުހުގެ އަގު ތިރިނުވެ މި އުޅެނީ ރާއްޖޭގެ ރަށްރަށަށް މާ ބޮޑަށް ވިއްސާރަ ކުރުމުން ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުމުން ކަމަށް މާރުކޭޓުގަ ވިޔާފާރިކުރާ ފަރާތްތަކުން ބުނެއެވެ.

މަހުގެ ބާވަތްތަކަށް ބަލާއިރު ވަޅޯމަސް ލިބުން ތަންކޮޅެއް ދަތި ނަމަވެސް ވަޅޯ މަސްކިލޯއެއް ލިބެނީ  80 ރުފިޔާ އަށެވެ. އަދި ރޯމަހުގެ އަގު 25 -30 ރު.އަށް ކިލޯއެއްގެ މަގުން ރަށުން ބޭރު ކަންނެލި އޮޑި ފަހަރު އައިސް ވިއްކާއިރު އޭދަފުށި މަސްވެރިން ހެޔޮވަރުގެ މަހެއް ވިއްކަނީ 100ރު. އަށެވެ.

އުފާވެރި ޚަބަރަކީ އޭދަފުށީ ފަސްމުގޫ ފިހާރައިން ރޯދައިގެ ހަދިޔާ ލިބޭ ވާހަކައެވެ. އެތަނުން 150ރު.އަށްވުރެ ގިނައިން ވޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށް ވެސް ގެރިކިރު ދަޅަކާ ފުރުޓް ކޮކްޓެއިލް ދަޅެއް ލިބެއެވެ. މި ހަދިޔާ ރޯދަމަސް ނިމެންދެން ދޫކުރަމުން ގެންދާނެކަމަށް އެފިހާރައިން ބުނެއެވެ.

ރޯދައާ ގުޅިގެން އާއްމުކޮށް ބޭނުންކުރާ ހުރިހާ ބާވަތެއްގެ އަގުވެސް އޭދަފުށީގައި އެހެންމަސްތަކެކޭ އެއްގޮތަށް އެއް އަގެއްގައި ހުރީ ހިފެހެއްޓިފައެވެ. އެހެންނަމަވެސް މި މޫސުމާއެކު އަލުވި ފިޔާ ބިހުގެ އަގު ވަނީ އެހެން މަސްމަހާ އަޅާބަލާއިރު ހެޔޮވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top