ކުޑަރިކިލުގައި ހޭންޑްބޯލް ކޯޓެއް އަޅަން ހަވާލުކޮށްފި

de4911cf-693e-4a00-89c1-5ade0533f789.jpg

ތިން ރަށެއްގައި ހޭންޑްބޯޅަ ކޯޓު އެޅުމަށް ކުންފުންޏަކާ ހަވާލުކުރުން-

ބ.ކުޑަރިލިލުގައި ހޭންޑްބޯލް ކޯޓެއް އެޅުމަށް މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. ކުޑަރިކިލާއެކު އިތުރު ދެރަށެއްގައިުވެސް ހޭންޑްބޯލް ކޯޓެއް އަޅަން އެކުންފުންޏާ މިއަދުވަނީ ހަވާލު ކޮށްފައެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރި ތިން ރަށަކީ ބ. ކުޑަރިކިލު، އއ. މަތިވެރި އަދި ހއ. ފިއްލަދޫ އެވެ.

މި އެއްބަސްވުންތަކުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ފަޔާޒް އަދި ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ރަމީޒެވެ. މަސައްކަތުގެ ކޮންޓްރެކްޓަރު، މެގަލިންކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު އިސްމާޢީލް ޝާކިރެވެ.

މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ. އެއްބަސްވުމުގައިވާ ގޮތުން، މި ތިން ރަށުގެ ކޯޓުތަކުގެ މަސައްކަތްވެސް، މަސައްކަތް ފަށާ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލަންޖެހެއެވެ. ކޮންމެ ހޭންޑް ބޯލް ކޯޓެއް ތަރައްގީ ކުރުމުގެ އަގަކީ 1.6 މިލިއަން ރުފިޔާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top