އަންނަ ރަމަޟާން މަހު ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވައިދިނުމަށް އެއް ދަންފަޅިއަށް ބަދަލު ކޮށްފައިވާ ކަމަށް އެމަރުކަޒުން ބުނެފިއެވެ.
ތައުލީމީ މަރުކަޒުން ބުނީ ރޯދަ މަހު އެއްދަންފަޅިއަށް ކިޔެވުން ބަދަލު ކޮށްފައިވާ އިރު ކިޔަވައިދޭނީ ހެނދުނު 8:50 އިން 11:50 އަށް ކަމުގައެވެ. ރޯދަމަހަށް މި ގެނައި ބަދަލާއެކު މިއީ ރަނގަޅު ބަދަލަކަށް ވާނަމަ ރަމަޟާން މަހުގެ ފަހުންވެސް އެއްދަންފަޅިއަށް ކިޔެވުން ބަދަލު ކުރަން ވިސްނަމުން ދާކަމަށްވެސް ތައުލީމީ މަރުކަޒުން ބުނެއެވެ.
ރަމަޟާން މަހު ޚާއްސަކޮށް ސްކޫލްތަކުގެ ކިޔެވުމުގެ ދަންފަޅިތައް ރާވާއިރު، ފަރުޟު ނަމާދު ،ވަގުތުގެ ކުރީކޮޅުގައި އަދާކުރެވޭނެ ގޮތް ހަމަޖެއްސުމާއި ދަރިވަރުންނަށް ދީނީ މައުލޫމާތު ދިނުމާ މަޣްރިބް ނަމާދާއި އިޝާ ނަމާދާ ދެމެދު، ސްކޫލުތަކުގައި އެއްވެސް ހަރަކާތެއް ނުހިންގަން އެޑިއުކޭޝަނުން ވަނީ ކުރިން އަންގާފައެވެ.
މިއަހަރުގެ ރަމަޟާން މަހަށް ހަނދުބަލާނީ މާދަމާ ރެ އެވެ.