މި ދުވަސްވަރު ކަރަންޓު ބޭނުންކުރުމުގައި ސަމާލުވުމަށް އެދިއްޖެ

Corporate-Maldives-2025-10-01T151016.021.jpg

މިއީ އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ދުވަސްވަރު ކަމަށާއި، ކަރަންޓު ބޭނުންކުރުމުގައި ސަމާލުވާން ފެނަކައިން އެދިއްޖެ އެވެ.

ފެނަކައިން ބުނީ ކޮންމެ އަހަރެއްގެ މާރިޗު، އޭޕްރިލް އަދި މެއިމަހަކީ އެންމެ ހޫނުގަދަ ދުވަސްވަރަށް ވެފައި، ކަރަންޓު ބޭނުން ކުރެވޭ ދުވަސްވަރުކަމުން ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވުމަށް އެދޭ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާރިޗު މަހުު ރީޑިން ނެގުމުގައްޔާއި ކަރަންޓު ބިލު ތައްޔާރު ކުރުުމުގައި އެ ކުންފުނިން އަމަލުކޮށްފައިވަނީ އާންމު އެހެން މަސްމަހުގައިވެސް ޢަމަލު ކުރަމުންދާ އުޞޫލުން ކަމަށެވެ. އެ ކުންފުނިން ޢަމަލު ކުރަމުންދާ އުޞޫލަކީ ޤާނޫނާއި ޤަވާއިދުތަކުން ކަނޑައެޅި އާންމުކޮށްފައިވާ އުޞޫލެއްކަން ފާހަގަކޮށް ވިދާޅުވީ، އެ ކުންފުނިން ޚިދުމަތްދެމުންދާ އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކޮށް ބިލަށް އުނި އިތުރެއް ގެނެސްފައި ނުވާނެ ކަމަށެވެ.

މީގެއިތުރުން ފެނަކައިން ތައްޔާރުކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވިގެން ރީޑިން އިތުރަށް ޗެކްކުރަން ބޭނުންވާނަމަ އެ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށްވެސް ފެނަކައިން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top