ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި

l_2019_12_25_110321_tisjvd54zleuar381gfoqcpbmhy7nk69w2x_EN_-850x548-1.jpg

ދިވެހިރާއްޖެ އަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

ރާއްޖޭގައި ހަނދު ސާބިތު ކުރުމަށް މިރޭ މާލޭގައި ބޭއްވި އިހްތިފާލަށްފަހު ނެރުނު ހަނދާއި ބެހޭ ގަރާރުގައި ބުނެފައި ވަނީ މިއަދު އިރުއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތި ނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

އެހެންކަމުން މާދަމާ އަކީ މި އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި އަދި މިއަހަރުގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށެވެ.

ރާއްޖެއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ކަމަށް ކަނޑައަޅާފައިވާ އިރު ސައޫދީ އަރަބިއްޔާއިން ވެސް ވަނީ އެ ގައުމަށް ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top