އޭދަފުށީ ލައިޓްހައުސް، އަބްދުއްރަހީމް ނިޔާވެއްޖެ

ރަހޯމް-2.jpg

އޭދަފުށީ ލައިޓްހައުސް، އަބްދުއްރަހީމް މުހައްމަދު ރޭ ވަރަށް އިރާކޮޅު ނިޔާވެއްޖެ އެވެ. އޭނާ ނިޔާވީ ގިނަ ދުވަހު ބަލިވެ އުޅުއްވުމަށްފަހު އުމުރުން 82 އަހަރުގައި އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.

މާލޭގައި ދިރިއުޅުއްވަމުން ގެންދަވާ އަބްދުއްރަހީމަކީ މާލޭ ބާޒާރުގައި މަޝްހޫރު ވިޔަފާރިވެރިއެކެވެ. ވިޔަފާރީގެ ރޮނގުން އޭނާ މަޝްހޫރު ވެފައިވަނީ އޭދަފުށީ އަބްދުއްރަހީމްގެ ނަމުންނެވެ.

އަބްދުއްރަހީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ބ.އަތޮޅުގެ މެންބަރުކަންވެސް ކުރައްވާފަ އެވެ.

އޭނާގެ މައްޗަށް ކަށު ނަމާދު ކުރުން އޮތީ މިއަދު މެންދުރު ނަމާދަށް ފަހު މާލޭ މަސްޖިދު ތައާވަން (އާ ސަހަރާ މިސްކިތް) ގައެވެ. ކަށުނަމާދުގައި ވީހާ ގިނަ ބަޔަކު ބައިވެރިވުމަށް އާއިލާ އިން އެދެއެވެ.

އަބްދުއްރަހީމް ނިޔާވުމުގެ ހިތާމައިގާ އޭދަފުށި ވޮއިސް ބައިވެރި ވަމުން އޭނާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރަމުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top