ރޯޔަލްއާއި އަނަންތަރާ ދެެވަނަ ބުރަށް. އޭދަފުށި ޕޮލިސް މުބާރާތުން ކަޓައިފި

DSC_0311.jpg

މިއަދު ކުޅުނު ޕޮލިސްޓީމާއި ފެއިމްސް ޔުނައިޓެޑް މެޗްގެ ތެރެއިން. ފޮޓޯ : އީޓީ

މިހާރު އޭދަފުށީގައި ކުޅެވެމުންދާ ލޭޓް ޝާހީން ފުޓްސަލް ކަޕްގައި މިއަދު ހަވީރު ކުޅުނު ދެމެޗުން ފުރަތަމަ މެޗްގައި ބައްދަލުކުރި ފެއިމްސް ޔުނައިޓެޑް އާއި އޭދަފުށި ޕޮލިސް ބައްދަލުކުރި މެޗް 2-1ން ފެއިމްސް މޮޅުވެ އޭދަފުށި ޕޮލިސް މުބާރާތުން  ކަޓައިފިއެވެ. މި މެޗްގައި ފުރަތަމަ ލަނޑު ޖެހީ އޭދަފުށި ޕޮލިސް ޓީމުން ކަމުގައި ވިޔަސް މެޗްގެ ދެވަނަހާފުގައި ފެއިމްސްގެ އަހްމަދު ލަތީފު އާއި އަލީ ޒުބޭރު ދެލަނޑުޖަހައި ޕޮލިސްގެ މައްޗަށް ވަނީ ކުރި ހޯދާފައެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވާފައިވަނީ ފެއިމްސްގެ އަހްމަދު ލަތީފުއެވެ.

މިއަދުގެ ދެވަނަމެޗް ގައި ބައްދަލުކުރީ ރޯޔަލް އައިލެންޑް އާއި އަނަންތަރާ އެވެ. 2-2ން އެއްވަރުވެ އެއްވެސް ޓީމަކަށް މޮޅުވެވޭގޮތް ނުވި މި މެޗްގައި ރޯޔަލް ޓީމުން ލަނޑު ޖަހާފައިވަނީ އުބައިދުﷲ އާއި ޓީމްގެ ކެޕްޓަން މުހައްމަދު ރިޔާޒެވެ. އަނަންތަރާއިން ލަނޑު ޖަހާފައިވަނީ އިސްމާއީލް ޝާކިރުއާއި އަބްދުﷲ އަބޫބަކުރު އެވެ. މި މެޗްގެ މޭން އޮފްދަ މެޗަކަށް ހޮވާފައިވަނީ ރޯޔަލްގެ މުހައްމަދު ރިޔާޒްއެވެ.

މުބާރާތުގައި މާދަމާ ހަވީރުވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވީ އާއި ވެލިގަނޑު ރެކްރިއޭޝަންއެވެ. ދެވަނަ މެޗުގައި ޑީކޭ ޔުނައިޓެޑްއާ ދެކޮޅަށް ނުކުންނާނީ ކިހާދޫ މޯލްޑިވްސްއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top