ކިހާދޫ ސްކޫލްގެ ޑިނަރނައިޓުން އެއްލައްކަައަށްވުރެ ގިނަ ރުފިޔާ

kihaadhoodinnernight6.jpg

ކިހާދޫސްކޫލްގެ ޑިނަރނައިޓް

ސްކޫލްގެ ހަރަކާތްތައް ހިންގުމަށާއި ބޭނުންވާތަކެއްޗާއި ވަސީލަތްތައް ހޯދުމަށް މަގުފަހި ކުރުމުގެ ގޮތުން ކިހާދޫ ސްކޫލްގެ ޕީޓީއޭގެ ފަރާތުން މިދިޔަ ހުކުރު ދުވަހުގެ ރޭ އެސްކޫލްގައި ބޭއްވި ޑިނަރ ނައިޓުން އެއްލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވެއްޖެއެވެ.

ޕްރިންސިޕަލް ވިދާޅުވީ ލިބިފައިވާ ފައިސާއާއި ހިނގި ޚަރަދުތަކުގެ ހިސާބުތައް އަދި މުޅިން ނުނިމޭތީވެ ޚަރަދު ކަނޑާލިބުނު ފައިސާގެ އަދަދު ދަންނަވަން އަދި ނޭނގޭކަމުގައެވެ. އެހެންނަމަވެސް ކުރީ އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ޑިނަރ ނައިޓުންވެސް އުންމީދު ކުރި ނަތީޖާ ހާސިލުވި ކަމަށާއި މި ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް އަމަލުކުރާ ފަދައިން ސްކޫލްގެ ތަރައްގީއަށް ކަމުގައެވެ.

މި ޑިނަރ ނައިޓު ބޭއްވުމުގައި ކިހާދޫގެ ރައްޔިތުންނާއި ޒުވާނުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާތީ އެކަން ފާހަގަ ކުރައްވައި ޕްރިންސިޕަލްވަނީ ޝުކުރު އަދާކުރައްވާފައެވެ.

150ރ.އަށް ޓިކެޓް ވިއްކާފައިވާ މި ޑިނަރ ނައިޓްގައި ބ. އަތޮޅުގެ ގިނަ ރިޒޯޓުތަކުގެ މުވައްޒަފުންނާއި ރިސޯޓްތަކުގެ ގެސްޓުންވެސް ޒިޔާރަތް ކޮށްފައިވެއެވެ.

ކިހާދޫ ސްކޫލު ޕީޓީއޭއިން ” ދިވެހި ސުފުރާ” ގެ ނަމުގައި ޑިނަރ ނައިޓު ބޭއްވި މިއީ ހަވަނަ އަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top