މަހާސިންތާ ފެށިގެން ކުރިއަށް އެބަދޭ.

P_20160406_092456.jpg

ރައީސްޔާމީން 2018-ކެމްޕެއިން ލީޑަރުން ތައްޔާރުކުރުމުގެ މަހާސިންތާ . އޭދަފުށި.ފޮޓޯ: އީވީ

ރައީސް ޔާމީން 2018- ކެމްޕެއިން ލީޑަރުން ތައްޔާރުކުރުމަށް އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ މަހާސިންތާ ބ. އަތޮޅުގެ ތިން ސަރަހައްދެއްގައި މިއަދު ކުރިއަށް އެބަގެންދެއެވެ.

އަތޮޅުގެ 13 ރަށް ބައިވެރިވާ މި މަހާސިންތާ ކުރިއަށް ގެންދަނީ ތިން ދާއިރާއަށް ބަހާލައިގެންނެވެ. އޭދަފުށީ ދާއިރާގައި ހިމެނެނީ އޭދަފުށްޓާއެކު މާޅޮހާއި ހިތާދޫ އާއި ދޮންފަނެވެ. ތުޅާދޫ ދާއިރާ ގައި ހިމެނެނީ ތުޅާދޫ އާއެކު ގޮއި ފުޅަ ފެހެންދޫއެވެ. އަދި ދަރަވަންދޫ ދާއިރާގައި ހިމެނެނީ ދަރަވަންދޫއާއެކު ކެންދޫ، ކިހާދޫ ، ކުޑަރިކިލު، ކަމަދޫ އެވެ.

ރައީސް ޔާމީން 2018 ކެމްޕެއިން ލީޑަރުން ތައްޔާރު ކުރުމުގެ މަހާސިންތާ. ދަރަވަންދޫ

ރައީސް ޔާމީން 2018 ކެމްޕެއިން ލީޑަރުން ތައްޔާރު ކުރުމުގެ މަހާސިންތާ. ދަރަވަންދޫ

މި މަހާސިންތާ އޭދަފުށި، ތުޅާދޫ، ދަރަވަންދޫގައި ކުރިއަށް ދާއިރު މި ކަމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް މަހާސިންތާ އިންތިޒާމްކުރި ޕީޕީ އެމް ޓީމުން މައުލޫމާތު ދެއެވެ.

މަހާސިންތާއާ ބެހޭ މައުލޫމާތު ހާމަކުރަމުން އެޓީމުން ބުނީ ޕީޕީއެމްގެ އެކްޓިވިންސްޓުންނަށް މިފަހަރުގެ މަހާސިންތާ އަމާޒުކޮށްފައިވާއިރު، މަހާސިންތާގެ ތެރެއިން ޑޯޓުޑޯ ކެމްޕެއިނިންގ އާއި ޕާރޓީއަށް މީހުން އިތުރުކުރުމުގެ ކަންތައް އަމަލީ ގޮތުން ބައިވެރިން ކުރާނެ ކަމުގައެވެ.

މިފަހަރުގެ މަހާސިންތާގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ 8ވަނަދުވަހުގެ ރޭ  އޭދަފުށީގައެވެ. އެރަސްމިއްޔާތުގައި ބ އަތޮޅުގެ 13 ރަށުން މަހާސިންތާގައި ބައިވެރިވި ފަރާތްތަކުންވެސް ބައިވެރިވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top