ގޮއިދޫ ރައްޔިތުން 3 ބަޔަށް ބަހައިފި. ބަޔަކަށް 170!

14354885_1264657633585327_2797391869204754724_n.jpg

މިދިޔަ އަހަރުގެ އަޟްހާ އީދުގައި ގޮއިދޫ ބަޔަކު އެރަށުގައި ކުޅިވަރެއް ފެށުމަށް ތައްޔާޜުވަނީ. މިއަހަރުގެ އީދަށް އެރަށް ވަނީ 3 ބަޔަކަށް ބަހާލާފައި / ފޯޓޯ: އޭދަފުށީ ވޮއިސް އަހްމަދު ރިޔާޒު

އަންނަ އަޟްހާ އިދާ ދިމާކޮށް ގޮއިދޫ ރައްޔިތުން 3 ބަޔަކަށް ބަހާލައިފިއެވެ.

އަބަދުވެސް އާދަޔާ ޚިލާފު ކަންކަން ކުރުމުގައި އެންމެބޮޑަށް ބ. އަތޮޅުގައި ފާހަގަކުރެވޭ ގޮއިދޫ ރައްޔިތުން 3 ބަޔަށް ބެހީ އަނެއްކާ ކިހިނެއް ވެގެންބާއެވެ؟ ގޮއިދޫގެ ރައްޔިތުންގެ ތެރޭގައި މައްސަލަތަކެއް އުފެދުނީ ހެއްޔެވެ؟

“ނޫން ހަމަ އެއްވެސް މައްސަލައެއް ނެތް. މައްސަލައެއް އުފެދުނަކަ ނުވެސް ދޭނަން” ގޮއިދޫ ކައުންސިލްގެ ރައީސް އަހްމަދު އާމިރުގެ ޖަވާބު ވަރަށް ކުރުވެފައި ފޮންޏެވެ. އޭނާ ވިދާޅުވީ މިއީ ކޮންމެ އަހަރަކުވެސް އަޟްހާ އީދާދިމާކޮށް އެރަށުގައި އޮންނަކަމެކެވެ. އެގޮތުން ރަށްޔިތުން ހަމަހަމައަށް 3 ބަޔަކަށް ބަހަނީ ރަށުގައި ކުޅެވޭ އީދު ކުޅިވަރު ފޯރިގަދަކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ މިފަހަރު އީދުގައި އޮންނަ ކުޅިވަރުތަކުގައި ބައިވެރިވާނީ މިތިން ޓީމުކަމަށެވެ. އަދި ކުޅިވަރުތައް ކުރިޔަށް ދާނީ ވަރަށް ވާދަވެރި މަޖާ މާހައުލެއްގައިކަމަށްވެސް އާމިރު ވިދާޅުވިއެވެ.

“މީގެ ހައެއްކަ އަށެއްކަ އަހަރުކުރިން ފެށުނު ކަމެއް އަސްލުމީ. މިހާރު މިވާގޮތަކީ މުޅިރަށް 3 ބަޔަށް މިބަހާލަނީ. މިހާރު ބަޔަކު މިއަހަރު މިތިބެނީ 170 މީހުންވަރު. ދެން ރަށުގައި އޮންނާނެ އީދާ ދިމާކޮށް ވަރަށް ވަރުގަދަ ކުޅިވަރުތަކެއް. މުބާރާތްތަކެއް ގޮތަށް. މިސާލަކަށް ބައިބަލާ، މަންޑި، ދަތިރޭސް، ފުޓްސަލް، ރިލޭރޭސް، ސްޓޭޖްޝޯވް މިކަހަލަ ކިތަންމެ ކަމެއް އޮންނާނެ. މިކުޅިވަރުތަކުގަ ކޮންމެ ބަޔަކުވެސް އެންމެ ކޮލިފައިޑް މީހުން ނެރެ، ވަރަށް ވާދަވެރިކޮށް ފޯރިގަދަކޮށް އީދު ކުރިޔަށް ދާނީ. މިހެން ހެދީމާ ކުޅިވަރުތަކުގެ ފޯރި ވަރަށް ގަދަވެފައި، ވަރަށް އެކުވެރިކޮށް އެންމެންވެސް އުޅޭނީ” އާމިރު ތަފްސީލް ކޮށްދެއްވިއެވެ.

މިދިޔަ އަހަރުގެ އަޟްހާ އީދުގައި ގޮއިދޫ ބަޔަކު އެރަށުގައި ކުޅިވަރެއް ފެށުމަށް ތައްޔާޜުވަނީ. މިއަހަރުގެ އީދަށް އެރަށް ވަނީ 3 ބަޔަކަށް ބަހާލާފައި / ފޯޓޯ: އޭދަފުށީ ވޮއިސް އަހްމަދު ރިޔާޒު

އޭނާ ވިދާޅުވީ މިކުޅިވަރުތަކުގައި ރަށަށް އަރާ މެހުމާނުންވެސް ރަށުގެ 3 ޓީމަށް ހަމަހަމައަށް ބަހަމުން ދާނެކަމަށާ، އެމީހުންނަށްވެސް ކުޅިވަރުތަކުގައި ފުރިހަމައަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އޭނާ ވިދާޅުވީ މިގޮތަށް ކުޅިވަރު ކުރިޔަށް ގެންދާތީ މެހްމާނުންވެސް ވަރަށް ބޮޑަށް ޝައުޤުވެރިވާ ކަމަށެވެ.

“ވަރަށް ބޮޑަށް ބޭނުންވޭ ބައިވެރިވާން. ރަށުމީހުންނަށްވުރެ ހަގީގަތުގައި އެމީހުންގެ ފޯރި މިކަމުގަ ވަރަށް ގަދަ”

އަންނަ ހަފްތާގެ ހުކުރު ދުވަހަކީ މިއަހަރުގެ އަޟްހާ އީދު ދުވަހެވެ. ގޮއިދޫގެ ރައްޔިތުން މިއަޟްހާ އީދުގައިވެސް އަތޮޅުގެ އެހެންރަށްރަށާ، ތަފާތު ގޮތަކަށް އީދުކުޅިވަރު ކުޅޭތަން ބަލާލައި، އެކަމުގައި ބައިވެރިވާން މިއީ ރަނުގެ ފުރުސަތެއް ނޫންތޯއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top