ކެންޑިޑޭޓުންގެ ގުރުއަތުލުން ބާއްވައިފި

kjhuh.jpg

އޭދަފުުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލެއްވި ބޭފުޅުން --ފޮޓޯ: ޖުމާން

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމުމަށް ގުރުއަތުލުން ބާއްވައިފި އެވެ.

އޭދަފުށީގައި މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު 10:00 ގައި އޭދަފުށީ މަލްޓިޕާޕަސް ހޯލުގަ އެވެ.

ސިޓީތަކާއި އެހެނިހެން ރަށްރަށުގައި ގުރުއަތު ނެގުން ކުރިއަށް ދާނީ ކައުންސިލް އިދާރާގައި ނުވަތަ އެރަށެއްގެ ކައުންސިލުން ކަނޑައަޅާފައިވާ ތަންތަނުގަ އެވެ.

އޭދަފުށީގައި ބޭއްވި ގުރުއަތުލުމުގައި، އަމިއްލަ ގޮތުންނާއި ޕީއެންސީގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންބަރުތައް މިހާރު ވަނީ ކަނޑައަޅާފައެވެ.ޕީއެންސީ ފިޔަވައި އެހެން ޕާޓީއަކުން މި އިންތިޚާބުގައި ވާދައެއް ނުކުރައްވައެވެ.

ޕީއެންސީގެ ފަރާތުން އޭދަފުށީ ކައުންސިލްގެ ރައީސްކަމަށް ވާދަ ކުރައްވާ ޒައިދު އަލީ އަށް ލިބިވަޑައިގަތީ ނަންބަރު 3 އެވެ. ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޝާމީ އިބްރާހީމަށް ލިބިވަޑައިގަތީ ނަންބަރު 1 އެވެ. ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި އަލީ ޒާހިރުގެ ނަންބަރަކީ 2 އެވެ.

އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ޕީއެންސީއިން ކުރިމަތިލައްވާފައިިވާ މަރީ އާއި ޖިިނާން (ވާތުން ކަނާތަށް ) އަދި އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ ދެ ކަނބަލުން–ފޮޓޯ: ޖުމާން

އޭޕްރީލް 4 ގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރަން ހުށައަޅާފައިވެ އެވެ. އަދި ނަން ތަރުތީބުކޮށް ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އީސީން އަންނަ ހޮނިހިރު ދުވަހު ރަސްމީކޮށް އާންމު ކުރާނެ އެވެ.

މިފަހަރުގެ އިންތިޚާބުގައި ޖުމްލަ ސިޔާސީ ހަ ޕާޓީއަކުން ވާދަކުރެ އެވެ. ސިޔާސީ ޕާޓީތަކުން 1،210 ކެންޑިޑޭޓުން ވާދަކުރާއިރު އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެ ސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެ އެވެ.

އިންތިޚާބުގައި 294،937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top