މާދަމާރޭ އޭދަފުށީގައި އޮލިމްޕިއަންސާއި ކާށިދޫ ބަނޑިޔާ ގްރޫޕް

10399920_126284404975_6416914_n.jpg

ރައީސް ޔާމީން 2018 – ކެމްޕެއިން ލީޑަރުން ތައްޔާރުކުރުމަށް އަތޮޅު ތެރޭގައި ބޭއްވި ފުރަތަމަ  މަހާސިންތާގެ ނިމުން ފާހަގަކުރުމުގެ ގޮތުން މާދަމާރޭ އޭދަފުށީ އޯޕަން ސްޓޭޖްގައި އޮލިމްޕިއަންސްގެ ހިތްގައިމު މިއުޒިކާއެކު ކާށިދޫ ބަނޑިޔާ ގްރޫޕްގެ ބަނޑިޔާ ޖެހުންވެސް އޮންނާނެކަމަށް މި ޝޯ އިންތިޒާމްކުރި ޕީޕީއެމް ޓީމުން ބުނެފިއެވެ.

ޓީމްގެ އިސް މެންބަރެއްކަމުގައިވާ ޖަވާޒް މި ޝޯވ ސިފަކުރެއްވީ މެޑަމް ފާތުން އޭދަފުށީގެ ރައްޔިތުންނަށް ދެއްވާ ހަދިޔާ އެއްގެ ގޮތުގައެވެ.

އަބަދަށް ޒުވާން އަދި ދިވެހި ލަވައިގެ ދުނިޔޭގައި އެންމެ އުހުގައި ރަސްކަންކުރަމުން އަންނަ ގިނަ ލަވަކިއުންތެރިންތަކެއް ހިމެނޭ އޮލިމްޕިއަންސް ގެ 14 މެންބަރުން ގެޓީމް އޮތްގޮތަށް މިހާރު ވަނީ ޝޯ ދިނުމަށް އޭދަފުއްޓަށް އައިސްފައެވެ. މި ގްރޫޕްގެ މައި ތަނބު އަދި މަސްއޮޑިިއާއިލާއިން ވިދާލި އެންމެ މޮޅު އެއްލަވަކިއުންތެރިޔާގެ އިތުރުން  ދިވެހި ރާއްޖޭގެ މުހައްމަދު ރަފީގެ ގޮތުގައި މަޝްހޫރު ވެފައިވާރަންއަޑުގެ ވެރިޔާ އިބްރާހީމް ހަމްދީއާއި “ރޭރޭ މިހެން ޚިޔާލުކޮށްލަން އާދަވޭ ” ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ މަހްމޫދާ ޝަކީބުފަދަ ކިތަންމެ ލަވަކިއުންތެރިންތަކެއް މިި ޝޯގައި ލަވަކިޔާނެކަމަށް ޖަވާޒް މައުލޫމާތު ދިނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކާށިދޫގެ 18 ޖިންސުއްލަތީފުން ހިމެނޭ ބަނޑިޔާ ގްރޫޕް އޭދަފުށްޓަށް އައުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.

މި ޝޯ އޮންނާނީ އޭދަފުށީ އުތުރުުފަރާތުގެ ރަސްމީ ސްޓޭޖްގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top