އެސިޑްވާރޭ ކަމަށްބެލެވޭތީ، އިއްޔެނެގި ފެން ބޭނުންނުކުރުމަށް ކައުންސިލުން އެދިއްޖެ

މިއަދު އޭދަފުއްޓަށް ވާރޭވެހުނު ވަގުތަކު އޭދަފުށި މަގަކުން މީހަކު ހިނގާފައި އަންނަނީ. އިއްޔެވެހުނު ވާރޭފެން ބޭނުންނުކުރުމަށް ކައުންސިލުން ދަނީ އަންގަމުން / ފޮޓޯ: އަބްދުލްޤައްޔޫމް

މިއަދު އޭދަފުއްޓަށް ވާރޭވެހުނު ވަގުތަކު އޭދަފުށި މަގަކުން މީހަކު ހިނގާފައި އަންނަނީ. އިއްޔެވެހުނު ވާރޭފެން ބޭނުންނުކުރުމަށް ކައުންސިލުން ދަނީ އަންގަމުން / ފޮޓޯ: އަބްދުލްޤައްޔޫމް

އިއްޔެ އޭދަފުއްޓަށް ކުރި ވިއްސާރައިގައި ވެހުނު ވާރޭއަކީ އެސިޑްވާރޭއެއްކަމަށް ލަފާކުރެވޭތީ، އެފެން ބޭނުން ނުކުރުމަށް އޭދަފުށީ ކައުންސިލުން ރައްޔިތުންނަށް އަންގައިފިއެވެ.

މިއަދު ހެނދުނު އޭދަފުށީ ކައުންސިލުން މިކަން ރައްޔިތުންނަށް އެންގީ އޭދަފުށީ ކައުންސިލްގެ މެގަފޯނުން ރަށުތެރެއަށް އެންގި އެންގުމެއްގައެވެ. އެއެންގުމުގައި ގޮވާފައިވަނީ އިއްޔެ ވެހުނު ވާރޭއަކީ އެސިޑް ހިމެނޭ ވާރޭއެއްކަމަށް ލަފާކުރެވޭކަމަށް ބ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށާ، އެފެން ބޭނުންނުކުރުމަށް އެދޭކަމަށެވެ.

އިއްޔެ އޭދަފުއްޓަށް ވެހުނު ވާރޭފެން ނެގި ގިނަގޭގޭގެ ތާނގީތަކަށް އެޅިފައިވަނީ ކަޅުފެންވައްތަރަކަށް ހުންނަފެނެއްކަމަށް ބެލެވޭތީ، އެފެންތައް ބައެއްގޭގެއިން ވަނީ އުކާލާފައެވެ.

ހުޅަނގުމުސުމާގުޅިގެން އޭދަފުއްޓަށް މިދިޔަ ދެދުވަހުވެސް އަދި މިއަދުވެސްދަނީ ދޭތެރެދޭތެރެއިން ބޯކޮށް ވާރޭވެހި، ވައިގަދަވަމުންނެވެ. ކަޅުވާރޭފެން އެޅިގެން މީގެ 2 އަހަރެއްހާދުވަސްކުރިންވެސް އޭދަފުށީގެ ބައެއްގޭގޭގެ ތާނގީތަކުން ފެންހުސްކުރިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top