ރިޔާސީ ބަޔާނަށް ޖަވާބު ދިނުން އަންނަ ބުދަ ދުވަހު

b_S9PUSPBYRBfZ94hUC5PYGG9bi-1024x606.jpg

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު ، އަހުމަދު ސަލީމް

މިއަހަރުގެ މަޖްލިސް ހުޅުވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްވި ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ދިނުން ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ރިޔާސީ ބަޔާން އިއްވަވާއިރު، އަޑު ގަދަކޮށް ނުހެއްދެވުމަށް މެންބަރުންނަށް އިލްތިމާސް ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވަނީ މަޖިލިސް ކޮންމެ އަހަރަކު ހުޅުވުމަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވާ ރިޔާސީ ބަޔާނަށް މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެ ބަޔާނަށް ޖަވާބެއް ތައްޔާރުކޮށް ހުށަހަޅަން ޖެހެ އެވެ.

އެގޮތުން އެމްޑީޕީ ނުނީ ދެން މެންބަރުން އެންމެ ގިނައީ ޕީޕީއެމްގަ އެވެ. އެޕާޓީ ތަމްސީލް ކުރައްވާ ހަ މެންބަރުން މިވަގުތު މަޖިލީހުގައި އެބަތިއްބެވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު އެވަގުތު އޮތްގޮތާއި ހާލަތު ރަނގަޅުކުރުމަށް އިތުރަށް ކުރާނެ ކަންކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ބަޔާނެކެވެ. ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަންނަވާއިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 32 ވަނަ މާއްދާގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން އެއިރެއްގައި ސަރުކާރު ހިންގާ ޕާޓީ ނޫން ދެން މަޖިލީހުގައި އެންމެ ގިނައިން މެމްބަރުން ތިބި ޕާޓީއަކުން ރިޔާސީ ބަޔާނަށް ޖަވާބު ދޭން ޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top