އިޝާން ލަވަކިއުން ހުއްޓާލައި މިއުޒިކާ ދުރަށް.

120989_3_3c2633ebbd84bebe408cca341f5239c0acbb545d-810x470.jpg

މޯލްޑިވިއަަން އައިޑޮލް އިން އާއްމުންގެ މަގުބޫލުކަން ހޯދި ލަވަކިޔުންތެރިޔާ، މުހައްމަދު އިޝާން ލަވަކިޔުން ހުއްޓާލައި މިއުޒިކާ ދުރަށް ހިނގައްޖައިން ކަމަށް އޭނާ ބުނެފި އެވެ.

ރާއްޖޭގައި ބޭއްވި މޯލްޑިވިއަން އައިޑޮލް 1 އިން ތިންވަނަ ހޯދި އިޝާން އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މިއުޒިކް ކުޅޭ އަޑު އެހުން އެއީ ﷲ އާ ތިބާ އާ އޮތް ގުޅުން ވަރަށް ނިކަމެތި ކޮށްލާ ކަމެއް ކަމަށާ ޝައިތާނާ ބޭނުން ކޮންމެ ގޮތަކަށް ތިބާގެ ނަފްސު ކޮންޓްރޯލް ކޮށްލާ ކަމެއް ކަމަށެވެ.

“ﷲ އަށް ކުއްތަންވެ ތިރިވެ ކޮށްލާ އެންމެ ސަޖިދައަކުން ހިތައް ލިބޭ އަރާމު އެތައް އަހަރު ދުވަހެއް ވަންދެން ކުޅުނު މިއުޒިކުން ހިތަށްވީ އިހްސާސްތަކާއި ނުބައްދަލު” އިޝާންގެ ފޭސްބުކްގައި ލިޔެފައިވެއެވެ.

އޭނާ ބުނީ ލަވަ ކިޔައިގެން އެންމެ ރެއަކުން އޭނާއަށް ލިބުނު އާމްދަނީ މިހާރު ލިބެނީ މަސް ދުވަހުން ކަމަށާއި އެހެން ނަމަވެސް ފުދުންތެރިކަމާއި ތަނަވަސް ކަމަކީ އިންސާނެއްގެ ހިތާއި ގުޅިފައި އޮންނަ ކަމެއްކަން މިހާރު އިހްސާސް ކުރެވޭ ކަމަށެވެ.

އިޝާންގެ ޕޯސްޓު ޝެއާ ކުރައްވަމުން ރާއްޖޭގައި އެންމެ ރީތިކޮށް ލަވަކިޔައި އެއިން ބޮޑު އާމްދަނީއެއް ހޯދައިގެން އުޅުމަށްފަހު ލަވަކިއުމުން މުޅިން ވަކިވެފައިވާ އަލީ ރަމީޒު ވިދާޅުވީ މިޔުޒިކުގެ ވަބާގައި ޖެހިފައިތިބި ޒުވާނުންނަށް އިޝާން އެދެއްކީ ދެއްކި ނަމޫނާއެއް ކަމަށެވެ..
“ﷲ ހަރާމް ކުރައްވާފައިވާ މިއުޒިކްގެ އަވައިގައި ޖެހިފައި ތިބި ހުރިހާ ޒުވާނުން މިފަދަ ނަމޫނާ ތަކުން އިބުރަތް ހާސިލް ކުރަން ޖެހޭ” އަލީ ރަމީޒު ވިދާޅުވިއެވެ.

އިޝާން ގެ އެދުމަކީ އޭނާގެ ނުވަތަ އޭނާއަށް ބައިވެރިވެފައި އޮތް މިއުޒިކެއް ވެސް އެއްވެސް ބޭފުޅަކު އަޑު ނޭހުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top