ފިޓްޖެހިގެން ރޭ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ހެދި ޓެސްޓްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި، ބަންގްލަދޭޝް މީހާ މިއަދު މަރުވެއްޖެ އެވެ.
އެމީހާ މަރުވެފެއިވާއިރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހާލު ސީރިއަސްކަން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ ހާމަކުރި އެވެ.
މައުލުމާތު ލިބޭ ގޮތުގައި އެ މީހާ މަރުވީ، ފިޓްޖެހި އޭނާގެ ނާރެއް ފަޅައިގެން ގޮސްގެންނެވެ.
ކޮރޯނާވައިރަސް ޖެހުނު މީހުންގެ ތެރެއިން ރާއްޖެއިން މަރުވި މިއީ ދެވަނަ މީހާ އެވެ. ފުރަތަމަ މީހާ މަރުވެފައިވަނީ މިދިޔަ ބުދަ ދުވަހުރއެވެ. އެއީ 83 އަހަރުގެ ދިވެހި އަންހެނެކެވެ.
މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ، 551 މީހަކު ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.
ކޮވިޑުގެ ހާލަތު ރާއްޖޭގައި އަދިވެސް ގޯސްވަމުން ދާނެ ކަމަށް ސިއްހީ މާހިރުން ވަނީ އަންދާޒާ ކުރައްވައިފަ އެވެ. އެގޮތުން ބަލި ޖެހޭ މީހުންގެ އަދަދުވެސް މައްޗަށް ގޮސް މަރުވާ މީހުންގެ އަދަދުވެސް މައްޗަށް ދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 557 އަށް އަރައިފަ އެވެ.