އޭދަފުށީ ކަޕް، އަންނަމަހު 5ގައި

DSCN8406.jpg

ކޮވިޑްގެ ސަބަބުން ފުޓްބޯޅަ މުބާރާތެއް ނުބޭއްވި ގިނަ ދުވަސްތަކެއް ފާއިތުވި ފަހުން އޭދަފުށީ ކައުންސިލުން ހިންގާ ‘ކްލަބް އޭދަފުށި ”ގެ ފަރާތުން ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ ”އޭދަފުށީ ކަޕް” އަންނަ މަހު 5 ގައި ފަށަން ނިންމައިފިއެވެ.

ކްލަބް އޭދަފުށިން ބުނި ގޮތުގައި މި މުބާރާތުގައި ފަސްޓީމް ވަނީ ބައިވެރިވެފަ އެވެ. އެއީ އެމްއޭ ޔުނައިޓެޑް، ބީކޭ ފުޓްބޯލް ކްލަބް، ހުސްސޮންގުން، ވެލާ ސްޕޯޓްސް ކްލަބް އަދި އޭދަފުށި ވެޓަރެންސް ފުޓްބޯލް ކްލަބެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ޒުވާނުންގެ މެދުގައި އެއްބައިވަންތަ ބައެއްގެ ގޮތުގައި ކުޅިވަރުގެ ރޫހު އުފެއްދުމުގެ އިތުރުން އޭދަފުށީގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން  އުފެއްދުމާއި އެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ކްލަބް އޭދަފުށިން ބުނެއެވެ.

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެން ހަމަޖެހިފައިވަނީ އޭދަފުށީގައި އޮތް އިންޓަނޭޝަނަލް ފެންވަރަށް ތައްޔާރު ކޮށްފައިވާ ޓާފް ދަނޑުގައެވެ.

ކްލަބް އޭދަފުށީގެ ފަރާތުން އަންނަމަހު ވެސް އަންހެނުންނަށް ޚާއްސަކޮށްގެން “އޭދަފުށި ވިމެންސް ކަޕް” ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވާނެކަމަށް އެކްލަބުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top