”އީދު އުފާ އިމުގެތެރޭ“ ނަމުގައި ކެމްޕޭނެެއް

original_1745665577253-1.jpeg

”އީދު އުފާ އިމުގެތެރޭ“ ނަމުގައި ކެމްޕެއިނެެއް ފަށަައިފި އެވެ

ގިނަ އަދަދެއްގެ މަދަނީ ޖަމިއްޔާތައް ގުޅިގެން އުފައްދާފައިވާ ”ފަލަސް“ އިން ފެށި މި ހަރަކާތަކީ ސަލަފުގެ އިސް ނެގުމަށް ރާއްޖޭގެ ކޮންމެ އަތޮޅަކުން ޖަމިއްޔާއެއް ހިމެނޭގޮތަށް އިފްތިތާހު ކުރި ހަރަކާތެކެވެ.

އެ ހަރަކާތުން ”އީދު އުފާ އިމުގެތެރޭ“ ނަމުގައި ޚާއްސަ ކެމްޕޭނެއް ފެށީ އީދުގެ ހަރަކާތްތައް އިސްލާމްދީނުގެ އިމުގެ ތެރޭގައި އެ ދީން ހުއްދަ ކުރާ ގޮތަށް ކުރިއަށް ގެންދިއުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

މި ކެމްޕެއިން ފެށީ އދ. ދަނގެތީގަ ރޭ އޮތް “އިމުގެ ތެރެއިން” ދަރުސްގަ އެެވެ.

މިދަރުސްގައި ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް އަދި އެ ޖަމިއްޔާގެ ނާއިބު ރައީސް އައްޝައިހް އަހްމަދު ސަމީރު އާއި ޖަމިއްޔަތުއް ސަލަފުގެ ދައުވާ މެނޭޖަރު އައްޝައިހް މުޖްތަބާ ހަމީދު ވަނީ އިސްލާމް ދީނުގައި ޢީދު ލައްވާފައިވާ ސަބަބުތަކާއި އެފަދަ މަތިވެރި މުނާސަބަތެއް ފާހަގަ ކުރަން ޖެހޭ ގޮތް ވަރަށް ތަފްސީލްކޮށް ވިދާޅުވެ ދެއްވާފަ އެވެ.

އަދި އީދު ފަދަ އިސްލާމީ މުނާސަބަތެއްގައި ދީން ހުއްދަ ނުކުރާ ފާހިޝް ކަންކަން ކުރުމާއި އެފަދަ ކަންކަން ފެތުރުމާއި އެފަދަ ކަންކަމަށް ހަރަދު ކުރުމުގެ ނުބައިކަމާއި ނުރައްކާތެރިކަން ބަޔާން ކޮށް ދެއްވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top