ފާތުމާ ހަސަން ނިޔާވުމާއި ގުޅިގެން އާއިލާއަށް އެޑިއުކޭޝަން މިނިސްޓްރީގެ ތައުޒިޔާ

viber_image_2022-02-01_18-27-14-759.jpg

އަލްމަރުހޫމާ ، ފާތުމާ ހަސަން

އޭދަފުށީ ފިޔާތޮށިގޭ ފާތުމާ ހަސަން، ރޭ ނިޔާވުމާއި ގުޅިގެން ފާތުމާ ހަސަން ތައުލީމީ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތް ފާހަގަކޮށް އެ އާއިލާއަށް އެޑިއުކޭޝަން މިނިސްޓްރީން ތައުޒިޔާ ކިޔައިފިއެވެ.

އެ މިނިސްޓްރީން ފޮނުވާފައިވާ ތައުޒިޔާގެ މެސެޖުގައި ބުނެފައިވަނީ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ވަޒީފާ އަދާކޮށްފައިވާ ފާތުމާ ހަސަން ނިޔާވުމާ ގުޅިގެން ފާތުމާ ހަސަންގެ ލޮބުވެތި އާއިލާއަށް މިނިސްޓަ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީގެ އިސްވެރިންނާއި މުވައްޒަފުންގެ ނަމުގައި އިހުލާސްތެރި ތައުޒިޔާ ދަންނަވާ ކަމުގައެވެ.

އަދި ބ.އަތޮޅު ތައުލީމީ މަރުކަޒަށް މެދު ނުކެޑި 16 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ ފާތުމާ ހަސަން ނިޔާވުމަކީ އޭދަފުށީގެ އެންމެހައި ރައްޔިތުންނާއި ސްކޫލަށް ލިބުނު ފުންހިތާމައެއް ކަމުގައިދެކޭކަމަށާއި މި ހިތާމަވެރި ވަގުތުގައި މަރުހޫމާގެ ފުރާނަ އަށް މާތް ﷲ ރަހުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަ ތްލެއްވުން އެދި ދުއާކުރާކަމަށްވެސް ތައުޒިޔާގެ މެސެޖުގައި ބުނެފައިވެއެވެ.

ހަމަ އެއާއެކު މި ފުން ހިތާމައިގައި އެ މިނިސްޓްރީގެ އެންމެހައި މުވައްޒަފުން ބައިވެރިވެ މަރުހޫމްގެ އާއިލާއާއި އެކުވެރިންނަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރާ ކަމަށް ވެސް މެސެޖްގައި ލިއުއްވާފައި ވެއެވެ.

ފާތުމާހަސަން ނިޔާވެފައިވަނީ ފުއްޕާމެއަށް ދިމާވެފައިވާ މައްސަލައަކަށް ފަރުވާދެމުން ދަނިކޮށް ރޭގެ 10:30ގައި ބ.އަތޮޅު ހޮސްޕިޓަލުގައެވެ. ނިޔާވިއިރު އުމުރަކީ 80 އަހަރެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top