މިސްރާބު ބަދަލު ނުކޮށްފިނަމަ ގައުމު ފަރަށް އެރުން ކައިރި: އެމްޕީ އަލީ

3214ABB5-1CD2-4BDC-AE73-2516CE874C1B.jpeg

ކެންދޫ ދާއިރާގެ މެންބަރު އަލި ހުސެން

ގައުމު ކުރިއަށްދާ މިސްރާބު ބަދަލު ނުކޮށްފި ނަމަ ފަރަށް އެރުން ކައިރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މަންބަރު އަލީ ހުސެން ވިދާޅުވެއްޖެ އެވެ.

އަލީ ކުރެއްވި ޓްވީޓެއްގައި ވިދާލުވެފައިވަނީ ތާއަބަދު ދަރަނި މައްޗަށް ދަރަނި ނަގައިގެން ނުވަތަ އެކަށީގެން ނުވާ މިންވަރަށް ފައިސާ ޗާޕުކޮށްގެން ދެމެހެއްޓެނިވި ގޮތަކަށް އިގްތިސާދު ނުހިންގޭނެ ކަމަށެވެ.

ރާއްޖޭގައި ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވަމުން އަންނަ އިރު ރައްޔިތުންގެ އަތުން ނަގަމުން އަންނަ ޓެކްސް ބޮޑު ކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިއްޔެ ވަނީ ހާމަ ކުރައްވާފަ އެވެ.

އެގޮތުން އާމްދަނީ އިތުރުކުރުމަށް މިހާރު ނަގަމުން އަންނަ ވަރަށް ވުރެ އިތުރަށް ޓީޖީއެސްޓީ %4 އަދި ޖީއެސްޓީ ރޭޓު %2 އިން ސައްތަ އަށް ބޮޑުކުރުން ހިމެނެއެވެ.

މީގެއިތުރުން އާމްދަނީ އިތުރު ކުރުމަށާއި ހަރަދު ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އަޅަން މަޝްވަރާ ކުރަން ފަށާފައިވާ ކަމަށްވެސް މާލީ ވަޒީރު އަމީރު ވިދާޅުވެފައެވެ.

ނަމަވެސް މިހާރުވެސް ރައްޔިތުންގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވެފައިވާ، ސިޔާސީ މަގާމުތައް މަދު ކޮށް މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުން ފަދަ ކަމަކަށް މަޝްވަރާ ކުރުން ހިމެނޭކަމަށް ވިދާޅު ނުވެ އެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top