ކޮވިޑްގެ ތިންވަނަ ރާޅު، ނުރައްކަލުގެ އިންޒާރު!

b_ndjE1QX4BiyBev80KUBS2V59n.jpeg

ޑރ. މުހައްމަދު އަލީ -- ވަން ފޮޓޯ: މުހައްމަދު ހައްޔާން

ކޮވިޑްގެ ތިންވަނަ ރާޅާއެކު ކޮވިޑް ޖެހޭ މީހުންގެ އަދަދު އިންތިހާއަށް ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު ފެންނަމުން މިދަނީ ރާއްޖެއަށް އެ ބަލީގެ ތިންވަނަ ރާޅު އައިސްފައިވާ މަންޒަރު ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އަދި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ރާއްޖެއިން ފެންނަމުން މިދަނީ ކޮވިޑްގެ ތިންވަނަ ރާޅު ކަމަށާއި އުންމީދު ކަނޑާނުލައި އެކަކު އަނެކަކަށް އިނގިލި ދިއްނުކޮށް، އެންމެން ގުޅިގެން ތިންވަނަ ރާޅުންވެސް ސަލާމަތްވެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މިއީ ހިޔާލުތަފާތުވުންތައް އެއް ފަރާތްކޮށް ކޮވިޑް ކޭސްތައް މަދުކުރުމަށް ގުޅިގެން މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ.

ރާއްޖޭގައި މިދިޔަ ހަފުތާއިން ފެށިގެން ކޮވިޑްޖެހޭ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް 100 އަށްވުރެ ދަށަށް ގޮސްފައެއް ނުވެއެވެ. އެންމެ ފަހުން ރޭގެ ނަތީޖާއަށް ބަލާއިރު މިހާރުމިވަނީ 200ފަހަނައަޅާ ގޮސްފައެވެ.
މީގެ ކުރިން 215 މީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހުއެވެ. މިދިޔަ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ފެނިފައިވަނީ 50 ކޭސްއެވެ.

މިދިޔަ މަހު އެކަނިވެސް މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 16،056 އަށް ވަނީ އަރައިފައެވެ. ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 52 މީހަކު ވަނީ މަރުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top