ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ ބޭރުން އައިސް ކަރަންޓީނު ވާކަށް ނުޖެހޭނެ

vIEKSuurfoU1YTj8zU4L.jpg

ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް

ކޮވިޑް-19 ގެ ވެކްސިން ފުރިހަމަ ކޮށް އޭގެ 14 ދުވަސް ފަހުން ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް އެޗްޕީއޭ އިން އުސޫލަށް ބަދަލު ގެނެސް އެ އުސޫލު އާންމުކޮށްފި އެވެ.

މި އުސޫލަށް އަމަލު ކުރަން ފަށާނީ މި މަހުގެ 26 ގަ އެވެ.

ރޭ އާންމު ކުރި އުސޫލުގައި ވާގޮތުން ކޮވިޑަށް ޕޮޒިޓިވްވެ، ބަލިން ރަނގަޅުވެފައިވާ މީހުންގެ ތެރެއިން ސާމްޕަލް ނެގި ތާރީޚުން ފެށިގެން 60 ދުވަސް ނުވާ މީހުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަޖެންސީ ޔޫޒާސް ލިސްޓުގައި ހިމެނޭ ކޮވިޑް ވެކްސިނެއް ފުރިހަމަކޮށް، 14 ދުވަސްވެފައިވާ ނަމަ ރާއްޖެ އެތެރެވުމަށް ފަހު ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.

މި ބަދަލާއެކު އެ މީހުންނާ އެކު ދަތުރުކުރާ، ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުދިން ވެސް ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.

އެކަމަކު ދިވެހިންނާއި ވޯމް ޕާމިޓް ހޯލްޑަރުންނަށް ރާއްޖެ އެެތެރެވެވޭނީ 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮވެގެންނެވެ.

ދަތުރުކުރުމުގެ ކުރިން އެޗްޕީއޭގެ ހާލު ބެލުން ޕޯޓަލްގައި ދަތުރުކުރުމުގެ ހުއްދައަށް ވެސް އެދެން ޖެހެ އެވެ. އެޗްޕީއޭ އިން ބުނީ ވެކްސިން ފުރިހަމަކުރި މީހުންނަށް ދީފައިވާ ލުއިތައް އެ ގައުމެއްގައި ބަލީގެ ހާލަތު އޮތް ގޮތަށް ބަލައި ބަދަލުކުރާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top